ވިޔަފާރި

ކޯވިޑް 19 - ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު އެލަވަންސް ދެ މަހަށް


ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު އަދި އެޕްރީލް މަހުގައި %30 ހިލޭ އިތުރު އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއީ ކޯވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމު ކަމަށެވެ.

މީގެ އިތުރުންވެސް ދިރާގުން ވަނީ އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ. މިކަންކަމުގެ ތަފްސީލް ހާމަކުރަނެކަމަށް ދިރާގުން ބުނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، ސްކޫލް މަދަރުސާތަކާއި ޔުނިވަސިޓީތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން އޮފީސްތަކުގައި މަސައްކަތްކުރާ ވަގުތުވެސް ކުރު ކުރަމުންދާއިރު އާއްމުން ގޭގައި ތިބުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.