ދުނިޔެ

އައިއެސް ޖަމާއަތުގެ 40 ހަނގުރާމަވެރިއަކު އިރާގުގައި މަރާލައިފި


އައިއެސްއާ
އިދިކޮޅު ކޯލިޝަންގެ ގައުމުތަކުން ދިން ވައިގެ ހަމަލާތަކެއްގައި އައިއެސް
ޖަމާއަތުގެ 40 ހަނގުރާމަވެރިއަކު މަރާލެވިއްޖެ ކަމަށް އިރާގުން ހާމަކޮށްފިއެވެ.

އިރާގުގެ
އިސް މަސްއޫލުވެރިއަކު ވިދާޅުވީ މިޙަމަލާތައް ދީފައިވަނީ މޫސަލް އާއި ހީތް އާއި
ބަޣްދާދީ ސަރަހައްދަށް ކަމަށެވެ. މި ހަމަލާތަކުގައި އައިއެސްގެ އަސްކަރީ
ކޮމާންޑަރެއްކަމަށްވާ މުޙައްމަދުލްޙޫރާން މަރާލެވުނު ކަމަށްވެސް އިރާގުން ބުނެއެވެ.





 އަނެއްކޮޅުން
އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވަނީ މިދިޔަ މޭމަހު އިރާގު ސިފައިން
އެއްވެސް ސަބަބަކާނުލައި ރަމާދީން ފޭބިމައްސަލަ އަކީ އައިއެސްގެ ކުރިމަތީގައި
އިރާގަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ސިފަކުރައްވާފައެވެ. އަބާދީ
ވިދާޅުވީ ރަމާދީން އިރާގު ސިފައިން ފޭބީ އަސްކަރީގޮތުން އެކަން ކުރަންޖެހޭ
އެއްވެސް ޙާލަތެއް ކުރިމަތިނުވެކަން ކަމާބެހޭ ތަހްގީގްތަކުން ހާމަވެފައިވާ ކަމަށެވެ.



 



އިރާގުގެ
މެދުތެރޭގެ މުހިއްމު ސިޓީއެއް ކަމަށްވާ ރަމާދީ އަތްދަށުލުމުގެ ފުރުސަތު އައިއެސް
ޖަމާއަތަށް ލިބުނީ އެރަށުގައި ތިބި އިރާގުގެ ލަޝްކަރުތައް ކުއްލިގޮތަކަށް އެރަށުން
ފޭބުމާ ގުޅިގެންނެވެ.