މުނިފޫހިފިލުވުން

ސަޕޯޓަރަކާއި އެކު ނަށަނިކޮށް ލޭޑީ ގާގާ ސްޓޭޖުން ވެއްޓިއްޖެ


މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކޮންސެޓެއްގެ ތެރެއިން ސްޓޭޖުން ވެއްޓިއްޖެއެވެ. ލޭޑީ ގާގާ ކޮންސެޓް ބަލަން ހުރި އެނާގެ ފޭނެއް ވަނީ މި ވީޑިއޯ ނަގާފައެވެ. އަދި އޭނާ މި ވީޑިއޯ ސޯޝަލް މީޑިއާއަށް ލުމުން ވަނީ ވައިރަލްވެފައެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުން ލޭޑީ ގާގާ ކޮންސެޓް ހުށައަޅަމުން އެތަނަށް އެއްވެ ތިބި ފޭނުންގެ ތެރެއިން އެކަކު ސްޓޭޖަށް އަރުވައެވެ. އަދި އޭނާއާއި އެކު ލަވަކިޔަމުން ގޮސް ފުންމައިގެން އެމީހާގެ އުގަށް އަރައެވެ. އެއާއި އެކު އެމީހާ ކޮންޓްރޯލުން ނެއްޓި ލޭޑީ ގާގާއާއި އެކު ސްޓޭޖުން ބޭރަށް ވެއްޓެއެވެ.

މި ހާދިސާގައި ލޭޑީ ގާގާ އަދި އޭނާ އާއި އެކު ވެއްޓުނު މީހާއަށް އެއްވެސް ހާނިއްކައެއް ލިބުނުކަމެއް ނޭގެއެވެ. އެހެންނަމަވެސް ވެއްޓުނު ތާ މާގިނައިރުތަކެއް ނުވަނީސް ލޭޑީ ގާގާ ވަނީ އަލުން ސްޓޭޖަށް އަރާފައެވެ. އަދި ސްޓޭޖަށް އަރަމުން އެއީ އެއްވެސް ކަމެއް ނޫންކަމަށާއި ސްޓޭޖަށް އެރި ސަޕޯޓަރުގެ މައްސަލައެއް ނޫންކަމަށް ބުނާ އަޑު އިވެއެވެ.

އަލުން އެނބުރި ސްޓޭޖަށް އެރުމަށްފަހު ލޭޑީ ގާގާ އޭނާއާއި އެކު ވެއްޓުނު ސަޕޯޓަރާއި މުހާތަބުކޮށް އެނާގެ ނަންވެސް އަހާފައިވެއެވެ. އަދި ޖެކް ކިޔާ އެމީހާއަށް އަލުން އޭނާއާއި އެކު ސްޓޭޖަށް އެރުމަށްވެސް ދައުވަތުދީފައިވެއެވެ.