ޚަބަރު

ދިވެހި ފިލްމު އެވޯޑުގައި ވާދަކުރަނީ 13 ފިލްމް



ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ވާދަކުރުމަށް ނުވަ ފިލްމަކުން ހުށައަޅައިފިއެވެ.

ފިލްމު އެވޯޑްސްގައި ވާދަކުރަން ހުށައަޅާފައިވަނީ ފީޗަރ 12 ފިލްމާއި ކުރު 1 ފިލްމު ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް " އެންސީއޭ" ބުނެއެވެ. ނުވަވަނަ ފިލްމު އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަދުވަހުއެވެ. ފިލްމުތައް ކެޓެގަރައިޒް ކުރާނެ ގޮތެއް އެންސީއޭއަކުން އަދި ނުބުނެއެވެ.

9ވަނަ ދިވެހި ފިލްމު އެވޯޑަށް ވާދަކުރާ ފިލުމުތައް

  • މުޙައްމަދު އަބޫބަކުރުގެ – ނޭދެން ވަކިވާކަށް
  • އައިޝަތު ރިޝްމީގެ – ވިޝްކާ
  • އަމްޖަދު އިބްރާހީމްގެ – ރޭވުމުން
  • މުޙައްމަދު އަލީ - އައިޝަތު ފުއާދު ތައުފީޤްގެ – މީ ލޯތްބަކީ
  • މުޙައްމަދު އަލީ - އައިޝަތު ފުއާދު ތައުފީޤް – ވަކިން ލޯބިން
  • ފާޠިމަތު ނަޙުލާ - ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ – ބޮސް
  • އަޙްމަދު ޝާޙު ޢަލީ - އަލީ ޝަޒްލީންގެ – ދެވަންސޫރަ
  • އިސްމާޢީލް ޝަފީޤުގެ - ނޯޓީ ފޯޓީ
  • ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ – ތިޔަ ލޯތްބާ ދުރަށް
  • މުޙައްމަދު މުންތަޞިރުގެ – އިލް ނޮއިޒް
  • ޢަބްދުލް ފައްތާޙް- ނިޢުމާ މުޙައްމަދުގެ – ހައްދު
  • އަޙްމަދު ނަޞީރު - އިބްރާހިމް ރަޝީދުގެ– މަލިކާ
  • އިސްމާއިލް ރަޝީދު - އަޙްމަދު ޒިޔާގެ – ކަނޑު އިބިލީސް


މިފަހަރުގެ ފިލްމު އެވޯޑްގައި ބައިވެރި ކުރަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމުތަކެވެ.
ބެލުންތެރިން ބަލައިގެންފައިވާ މޮޅެތި ފިލްމުތަކެއް އެންސީއޭ އިން ހުޅުވާލި ފުރުޞަތުގައި އެވޯޑަށް ހުށަޅާފައިވާކަށް ފާހަގަ ކޮށްލެވެއެވެ.
އެންސީއޭއިން ބުނީ މިފަހަރުގެ އެވޯޑްސްގައި ބައިވެރިކުރާނީ 2017 ވަނަ އަހަރާއި 2018 ވަނަ ރިލީޒުކުރި ފިލްމުތަކެވެ. މި އެވޯޑްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަދުވަހުގެ ނިޔަލަށެވެ.

ދިވެހި ފިލްމު އެވޯޑާއި ދިވެހި ފިލްމު ފެސްޓިވަލްގެ އުސޫލުވެސް އެންސީއޭއިން ވަނީ އާއްމުކޮށްފައެވެ. އަދި މި އުސޫލުގައިވާ ދިވެހި ފިލްމު ފެސްޓިވަލްގެ ބައި ކުރިޔަށް ގެންދާނީ 10 ވަނަ ފިލްމު އެވޯޑުން ފެށިގެން ކަމަށްވެސް އެންސީއޭއިން ބުނެއެވެ.