ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ އާއި ނާޝިދުގެ ނަން ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭކޮމިޓީއަށް ފޮނުވައިފިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 2 ބޭފުޅުންނަކީ:
ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައި އަދި ނާޝިދު މިހާރު މަސައްކަތް ކުރައްވަމުންގެންދަވަނީ ކަސްޓަމްސްގައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިސްކަންދެއްވި 6 ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ:
މި 8 ބޭފުޅުންގެ ނަންތައްވެސް ވަނީ މަޖިލީހަށް އިއްވައި ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މީރާގެ އެންމެ އިސް ދެމަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ ޓެކްސްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަރީރުގެ މަގާމު ހުސްވުމުންނެވެ.
މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ވާގޮތުން އެބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ.
ޓެކްސްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑު އެކުލަވާލަން ޖެހެއެވެ. މީރާގެ ބޯޑް އެކުލަވާލުމަށްޓަކައިވެސް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ނަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅިގެންދާނެކަމަށް ލަފާކުރެވެއެވެ.