ސައިފް އަލީ ޚާން އަކީ ފިލްމީ ދުނިޔެގައި އެންމެ ކާމިޔާބު އެއްތަރިއެވެ. ބެލުންތެރިންނާ ހިސާބަށް އެތަކެއް ފިލްމުތަކެއް ގެނެސްދީ ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯދާފައިވާ ފަންނާނެކެވެ. އެތަކެއް އެވޯޑު ތަކެއް އުފުލާލާ ފިލްމީ ދުނިޔޭގައި ފިޔަ ޖަހަމުން އަންނަ ފަންނާނެކެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީސް ކުރަން ހަމަޖެހިފައިވާ ލާލް ކަޕްތާން އަކީ ވެސް ސައިފް ގެ ކުޅަދާނަ ކަން ބެލުން ތެރިންނަށް ފެނިގެންދާނެ ފިލްމެކެވެ. މީގެ ދުވަސް ކޮޅެއް ކުރިން މި ފިލްމުގެ ޕޯސްޓަރ އަދި ފަސްޓު ލުކްވެސް ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ. ފަސްޓު ލުކް އަދި ޕޯސްޓަރުންވެސް ސައިފްގެ ތަފާތުކަން ފެނިގެންދެއެވެ.
ނިތިން ކައްކަރ ޑައިރެކްޓް ކޮށް ތައްޔާރު ކުރާ ފިލްމު ޖަވާނީ ޖާނެމަން އަކީ ޢާއިލީ ތަފާތު ކަންތައް ތަކެއް އެކުލެވިގެންވާ ފިލްމަކަށް ވާއިރު މި ފިލްމުން ސައިފް ފެނިގެންދަނީ ބައްޕައެއްގެ ރޯލުންނެވެ.
މި ފިލްމު ސައިފް އަށް ޚާއްޞަ ވާ އެއްސަބަބަކީ ސައިފް ގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާ މަޝްހޫރު ފިލްމީ ތަރި ތަބޫ އާއި ސައިފްގެ ޖޯޑު ފެނިގެންދަނީ 20 އަހަރުގެ ފަހުން ކަމަށް ވުމެވެ.
އެހެންކަމުން ދުވަސް ތަކަކަށްފަހު މި ދެފަންނާނުންގެ ކެމިސްޓްރީ ދިމާވޭތޯ ބަލާލެވޭނެ އެވެ.
މި ފިލްމާއި ބެހޭގޮތުން މިދެފަންނާނުން އެކަކު އަނެކަކުގެ މަސައްކަތަށް ތަޢުރީފް ކޮށް އެކި ނޫސް އޭޖެންސިތަކުގައި ވާހަކަ ދައްކާފައި ވާއިރު މި ފިލްމާމެދު ކުރެވޭ އުއްމީދުތައް ވެސް މިދެތަރިންވަނީ ޙިއްޞާ ކޮށްފައެވެ.
އަރަމުން އަންނަ ފިލްމީ ތަރިން ކަމުގައިވާ ސާޖަނާ އަދި ސުޝާންތު ލީޑް ރޯލުންފެނިގެންދާ ފިލްމު "ދިލް ބެޗޭރާ " އިންވެސް ސައިފްގެ ފެނިގެންދާނެއެވެ.
ލޯބީގެ ރޮމާންޓިކް މި ފިލްމުގައި ކެންސަރު ބަލީގެ ހިތްދަތި ކަންތައްތަކެއް ވެސް ދައްކުވައި ދެއެވެ. އެހެންކަމުން މި ފިލްމުންވެސް ސައިފްގެ ތަފާތު ރޯލް އެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ސައިފްގެ ތަފާތު ޖޯންރާތަކުގެ ފިލްމުތައް ބެލުންތެރިންނާ ހިސާބަށް އަންނަން ތައްޔާރުވަމުން އަންނައިރު މިއިން ކޮންމެ ފިލްމަކާ މެދުވެސް ބެލުން ތެރިންނަށް ކުރެވޭ އުންމީދު ތައް ބޮޑުވެގެންދެއެވެ.