ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: އަލިފުށި ބަލިކޮށް ރ.އަތޮޅުގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދައިފި


ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ރ.އަތޮޅުގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދައިފިއެވެ.

ރ.އަތޮޅުގެ ޗެމްޕިއަންކަން އިނގުރައިދޫއިން ހޯދީ އަތޮޅު ބުރުގައި ރޭ ކުޅުނު ދެވަނަ މެޗުގައި އަލިފުށީގެ މައްޗަށް 1-3 އިން ކުރި ހޯދައިގެންނެވެ. މި މޮޅާ އެކު އިނގުރައިދޫ ވަނީ ޒޯން ބުރުން ވެސް ޖާގަ ހޯދައިފަ އެވެ. މި މެޗުގައި އިނގުރައިދޫ ޓީމުން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު އަޙުމަދު އައިހަމް ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒްއެވެ. އަލިފުށި ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ސަލާމްއެވެ.

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ކ.އަތޮޅު ބުރުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރި ގުރައިދޫއާއި ގާފަރެއެވެ. މި މެޗު 1-2 އިން ކާމިޔާބުކުރީ ގުރައިދޫއެވެ. ކ.އަތޮޅު ބުރުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކާށިދޫއާއި މާފުއްޓެވެ. މި މެޗު 2-4 ގެ ނަތިޖާއަކުން ކާމިޔާބުކުރީ މާފުއްޓެވެ.

މުބާރާތުގައި ރޭ އދ.އޮމަދޫއާއި ދަނގެތި ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މީގެ އިތުރުން މުބާރާތުގައި ރޭ ކުޅުނު ފަހު ދެ މެޗުގައި ކުޅުނީ ލ.އަތޮޅު ބުރުގެ މެޗުތަކެވެ. ދެވަނަ މެޗުގައި ދަނބިދޫއާއި ގަން ބައްދަލުކުރި މި މެޗު 3-5ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލ.ގަން އެވެ.

ސެޕްޓެމްބަރ 15 އިން އަންނަ މަހުގެ 18 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި 66 ރަށެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި މިރޭވެސް ހަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.