ސިޔާސީ

ޝައްކުކުރެވޭ މުޢާމަލާތާ ގުޅޭގޮތުން ބީއެމްއެލްއާ ބައްދަލެއް ނުކުރަން - ނީޒާ


ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް އެކައުންޓެއް އެކްޓިވޭޓްކުރަން އަދި ޑިއެކްޓިވޭޓްކުރަންވެސް ދުވަހަކުވެސް އަންގާފައި ނުވާނެކަމަށާ، ޝައްކު ކުރެވޭ މުޢާމަލާތްތައް ބޭންކިންގ އުސޫލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ލަފާދެއްވިކަމަށް ވިދާޅުވެ އެމްއެމްއޭގެ ކުރީގެ އެސިސްޓަންޓް ގަވަރުނަރ ނީޒާ އިމާދު ބީއެމްލްގެ ތުހުމަތުތައް ދޮގުކުރައްވައިފިއެވެ.

އެސްއޯއެފް ކުންފުނީގެ ފަރާތުން އާދަޔާ ޚިލާފު ބޮޑެތި މުޢާމަލާތްތަކެއް ކުރަމުން ދިޔުމުން އެއީ މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތަކެއްކަމަށް ބެލެވިގެން ބީއެމްއެލްއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)އަށް ރިޕޯޓްކުރިކަމަށް އެބޭންކުން ވަނީ މީގެ ކުރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ. އަދި އެ މުޢާމަލާތްކުރި އެކައުންޓުން އެހެން މުޢާމަލާތެއް ނުކުރެވޭނެގޮތަށް އެކައުންޓް ބަންދުވެސް ކުރިކަމަށް ބީއެމްއެލްގެ "އިންޓެރިމް ރިސްކް އޮފިސަރ" ޔާމީން އާދަމްވަނީ މިދިޔަ މަހު މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވެފައިވަނީ އެމްއެމްއޭއާ ފޯނުންކުރި މަޝްވަރާތަކުން، އެކައުންޓުތައް ބަންދުކޮށް ހިފެހެއްޓޭނީ އެމްއެމްއޭއަށްކަމަށް އެމްއެމްއޭއިން އެންގިކަމަށާ، އެހިސާބުން ބަންދުކޮށްފައިވާ އެކައުންޓްތައް ދޫކޮށްލީކަމަށް ޔާމީން ކޮމިޓީގައި ވިދާޅުވިއެވެ. އެގޮތަށް އެންގެވީ އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު އަދި ފައިނޭންސް އިންޓެލިޖެންސް (އެފްއައިޔޫ)އާ އެވަގުތު ހަވާލުވެހުންނެވި ނީޒާ ޢިމާދުކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ބީއެމްއެލްގެ މި ތުހުމަތުތައް ދޮގުކުރައްވައި އެމްއެމްއޭގެ ކުރީގެ އެސިސްޓަންޓް ގަވަރުނަރު ނީޒާ މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ ބީއެމްއެލްގެ އެއްވެސް އެކައުންޓެއް އެކްޓިވޭޓްކޮށް އަދި ޑިއެކްޓިވޭޓްކުރުމަށް އަންގާފައިނުވާނެކަމަށާ، އެއީ އެމްއެމްއޭއަށް އެންގޭނެ އެންގުމެއްވެސް ނޫންކަމަށެވެ.
ނީޒާ ވިދާޅުވީ 2014ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ގުޅުއްވައި މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތެއް (އެސްޓީއާރު)ގެ ގޮތުގައި ފައިލްކުރިކަމަށް ދެންނެވިކަމަށެވެ. އެވަގުތު އެފްއައިޔޫއާ ޙަވާލުވެހުންނެވި ވެރިއެއްގެ ހައިސިއްޔަތުން އެފްއައިޔޫގެ ސީނިއަރ މުވައްޒަފެއްކަމަށްވާ ޢަބްދުﷲ އަޝްރަފްގެ ލަފާ ހޯދުމަށްފަހު ބޭންކިންގ އުސޫލްގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ދެންނެވިކަމަށްވެސް ނީޒާ ވިދާޅުވިއެވެ.

ނީޒާ ވިދާޅުވީ ޝައްކުކުރެވޭ މުޢާމަލާތް އެސްޓީއާރެއްގެ ގޮތުގައި ފައިލް ކުރަންޖެހޭނީ އެ މުޢާމަލާތެއް ހިނގާ ވަގުތުކަމަށާއި، އެވަގުތު 72 ގަޑިއިރަށް އެ މުޢާމަލާތެއް ހުއްޓުވިދާނެކަމަށެވެ. ނަމަވެސް ބީއެމްއެލްއިން އެއެސްޓީއާރު ފައިލްކުރީ އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އޭގެ ފަހުގެ ތާރީޚެއްގައި ނަގުދު ފައިސާ ނަގަން އައުމުންކަމަށްވެސް ނީޒާ ވިދާޅުވިއެވެ.

"މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތެއް ބޭންކަށް ޖަމާކުރަން އަންނަ ވަގުތަކީ އެންމެ މުހިންމު ވަގުތު ބޭންކަށް އެސްޓީއާރުގެ ގޮތުގައި ފައިލްކުރަން. ނަމަވެސް މިހާރު އެ އޮތީ އެ ފައިސާ އެކައުންޓަށް ވައްދާފަ މިބޭފުޅުން އެސްޓީއާރު ފައިލްކޮށްފައި މިވަނީ." ނީޒާ ވިދާޅުވިއެވެ،

ޝައްކުކުރެވޭ އެ މުޢާމަލާތްތަކާ ގުޅޭގޮތުން ބީއެމްއެލްއާއެކު ބައްދަލުކުރެއްވިކަމަށް ބުނެ ބީއެމްއެލް އިން ވަނީ މާލިއްޔަތު ކޮމިޓީއަށް އެބައްދަލުވުމުގެ ޔައުމިއްޔާވެސް ފޮނުވާފައެވެ. ނަމަވެސް ނީޒާ ވިދާޅުވީ، އެ ޔައުމިއްޔާއަކީ ފޯނުން ދެއްކެވި ވާހަކަފުޅުގައި ހިމެނޭ ލިޔުމެއްކަމަށް ވެދާނެކަމަށާ، އެއްވެސް ބައްދަލުވުމެއް ބީއެމްއެލްއާއެކު ބާއްވާފައި ނުވާނެކަމަށެވެ.

މެންބަރުންވަނީ އެފްއައިޔޫ ހިނގަމުން އަންނަނީ މިނިވަންކޮށް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަސީރު އިސްތިއުފާ ދެއްވުމުގެ ކުރިން ކޮމިޓީގައި ވިދާޅުވެފައިވާކަމަށެވެ. އެކަން ހިނގަނީ އެގޮތަށްތޯ ސުވާލުކުރުމުން ނީޒާ ވިދާޅުވީ އެފްއައިޔޫގެ ނިންމުންތަކަކީ މިނިވަން ނިންމުންތަކެއްކަމަށެވެ. އަދި އެއްވެސް ބައެއްގެ ނުފޫޒް ނޯންނާނެކަމަށް އޭނާ އެމްއެމްއޭގައި ހޭދަކުރެއްވި ތިރީސް އަހަރު ދުވަހުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމުން އެއީ މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތައް ނުހުއްޓުވީ ނީޒާއާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ ލަފާގެ މަތިންކަމަށް ބީއެމްއެލްގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި މިދިޔަ މަހުގެ 16ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ޝައްކުކުރެވޭ އެ މުޢާމަލާތްތަކާއި ގުޅޭގޮތުން ބީއެމްއެލްއާއެކު ބައްދަލުކުރިކަމަށް ބުނެ ބީއެމްއެލް އިން ވަނީ މާލިއްޔަތު ކޮމިޓީއަށް އެ ބައްދަލުވުމުގެ ޔައުމިއްޔާވެސް ފޮނުވާފައި. ނަމަވެސް ނީޒާ ވިދާޅުވީ، އެ ޔައުމިއްޔާއަކީ ފޯނުން ދެއްކެވި ވާހަކަފުޅުގެ ހިމެނޭ ލިޔުމެއްކަމަށް ވެދާނެކަމަށާއި، އެއްވެސް ބައްދަލުވުމެއް ބީއެމްއެލްއާއެކު ބާއްވާފައި ނުވާނެކަމަށް ނީޒާ ވިދާޅުވި.

މެންބަރުން ވަނީ އެފްއައިޔޫ ހިނގަމުން އަންނަނީ މިނިވަންކޮށް ނޫންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަސީރު އިސްތިއުފާ ދެއްވުމުގެ ކުރިން ކޮމިޓީގައި ވިދާޅުވެފައިވާކަމަށް. އެކަން ހިނގަނީ އެގޮތަށްތޯ ސުވާލުކުރުމުން ނީޒާ ވިދާޅުވީ އޭނާ އެފައިޔޫގެ ނިންމުންތަކަކީ މިނިވަން ނިންމުންތަކެއްކަމށާއި، އެއްވެސް ބައެއްްގެ ނުފޫޒް ނޯންނާނެކަމަށް އެމްއެމްއޭގައި ހޭދަކުރެއްވި ތިރީސް އަހަރު ދުވަހުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވި.

އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމުން އެއީ މަނީލޯންޑަރިންގއަށް ޝައްކުކުރެވޭ މުޢާމަލާތްތައް ނުހުއްޓުވީ ނީޒާއާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ ލަފާގެ މަތިންކަމަށް ބީއެމްއެލްގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި މިދިޔަ މަހުގެ 16 ވަނަ ދުވަހު ވަނީ ވިދާޅުވެފައި.