ގަމުގެ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމޭއިރު އެއަރޕޯޓަށް ރާއްޖެއިން ބޭރުން ކާގޯ ފްްލައިޓް ޖައްސާ ، ވިޔަފާރިވެރިންނަށް އެކަމުގެ ފައިދާކޮށް އެކްސްޕޯޓް އިމްޕޯޓް އިންޑަސްޓްރީއަށް އޭގެ ރަނގަޅު އަސަރުކުރާނެކަމަށް ގަންް އިންޓަނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.ގަން އިންޓަރނޭޝަލަން އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ޕަބްލިކް ސާރވިސް މީޑިއާ އާއި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސައީދު ވިދާޅުވީ ، މިހާރު ކުރިއަށް ދަނީ އެއަރޕޯޓްގެ ރަންވޭ ދިގުކުރުމުގެ މަސައްކަތްކަމަށެވެ.ރަންވޭ ދިގުކުރުމުގެ މަސައްކަތްކުރިއަށް ދާއިރު އެއާޕޯޓް ސަރަހައްދުން ހިއްކި ބިމުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެއެވެ.ޑެންމާކްގެ ހޯގާޑުން ކުރިއަށް ގެންދާ މި މަސައްކަތްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އިބްތިޝާމް ވިދާޅުވިއެވެ.އިބްތިޝާމާ ވިދާޅުވީ ، ގަން އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ރަންވޭގައި 3400 މީޓަރު ހުންނާނެކަމަށާއި އެންމެ ބޮޑެތި މަތިންދާ ބޯޓް ފަހަރަށްވެސް އެ އެއަރޕޯޓްގައި ޖެއްސޭނެކަމަށެވެ.މި އެއަރޕޯޓް ތަރައްޤީކުރެވެމުން ދެކުނުގެ ސަރަޙައްދުގެ ވިޔަފާރިވެރިންނާއި ފަތުރުވެރިންނަށް އެކަމުގެ ފައިދާ ކުރާނެއެވެ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓް ޖެއްސުމާއި ، ފަތުރުވެރިން ގޮވައިގެން ޑައިރެކްޓް ފްލައިޓްތައް ޖެއްސުމަށް މިހާރުވެސް ޗައިނާ، ޑެންމާކް އަދި ސްރީލަންކަން އެއަރލައިންސް އިން ގަމާ ލަންކާ އަށް ދަތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.މީގެ އިތުރުން ކާގޯ ފްލައިޓްތައް ޖައްސާ ، އިމްޕޯޓް އެކްސްޕޯޓަށް ހެޔޮ އަސަރެއް ކުރާނެކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.އެއަރޕޯޓްގެ ރަންވޭ ގެ މަސައްކަތް ނިމޭއިރު، ސީ ޕްލޭން ބޭސްގެ މަސައްކަތް ވެސް ނިމިގެންދާނެކަމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން މައުލޫމާތުދެއެވެ. ގަމުގައި ސީ ޕްލޭން ބޭހެއް ހަދަނީ އައްޑޫގެ އިތުރުން ހުވަދު އަތޮޅުގެ ރިސޯޓްތަކަށްވެސް ޓޫރިސްޓުން އުފުލުމަށެވެ.ސަރުކާރުން މިހާރުވަނީ އައްޑު އަތޮޅު މީދޫ ކައިރީގައި އޮންނަ އިސްމެހެލަހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެގޮތްވެސް އިއުލާންކުރައްވާފައެވެ. އިސްމެހެލަ ހެރައިގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 އެނދުގެ ރިސޯޓެކެވެ. މިއީ މިހާރުގެ ސަރުކާރުން އައްޑޫސިޓީގައި 5000 ޓޫރިސްޓް އެނދު ތަރައްޤީކުރުމަށް ހިންގަވާ މަޝްރޫޢުގެ ފުރަތަމަބައެވެ.ގަން އެއަރޕޯޓްގެ ފުރަތަމަ ފޭހުގެ މަސައްކަތް މިއަހަރު ނިމުމުން ޙަޤީޤީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަންފެށޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބު ވަނީ ވިދާޅުވެފައެވެ.