އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޔޫއެފާ އެސިސްޓް މުބާރާތުގައި ކުޅޭ ބޫޓާން ޓީމަކީ ޖަޒުބާތީ ޓީމެއް ކަމަށް ލެޓްވިއާގެ ކޯޗު އެލެކްސެންޑާސް ބާސޯވްސް ބުނެފިއެވެ.
މިއަދު ހަވީރު ބުޓާނާއި އެކު ކުޅޭ މެޗާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ލެޓްވިއާ ޓީމުން ބުނީ ބޫޓާން ޓީމަކީ ހަލުވި ކުޅުންތެރިން ތިބި ޓީމެއް ގޮތުގައި ފާހަގަވާ ކަމަށެވެ. މީގެ އިތުރުން މިމުބާރާތަކީ ތަފާތު ސަރަހައްދުތަކުގެ ފުޓުބޯޅަ ތަޖުރިބާ ކޮއްލަން ލިބޭ ފުރުސަތަކަށް ވާއިރު ކޯޗު ވަނީ ބޫޓާން ޓީމަކީ ޖަޒުބާތީ ޓީމެއް ކަމަށް ބުނެފައެވެ.
ކޯޗު ބުނި ގޮތުގައި މުބާރާތުގެ ލެޓްވިއާ ކުރިއަށް ދިއުމަށް މިއަދުގެ މެޗުން މޮޅުވުން މުހިންމު ކަމަށެވެ. އަދި ބޫޓާން ޓީމާއި އެކު ރަނގަޅު މެޗެއް ކުޅެ ތަޖުރިބާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ފާހަގަކުރި ގޮތުގައި އޭޝިއާ ސަރަހައްދުގެ ފުޓްބޯޅަ އާއި ޔޫރަޕުގެ ފުޓުބޯޅަ ކުޅުމުގެ ސްޓައިލް ވަރަށް ތަފާތެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޔޫރަޕު ސަރަހައްދުގެ ފުޓްބޯޅަ ޖަޒުބާތަށް އެހާ ބޮޑަ ބިނާ ނުވެއެވެ.
މިއަދު ހަވީރު ބޫޓާން އާއި އެކު ލެޓްވިއާ ކުޅޭ މެޗުން ލެޓްވިއާ މޮޅުވެއްޖެ ނަމަ 6 ޕޮއިންޓާއި އެކު އެޓީމަށް ފައިނަލުން ޖާގަ ކަށަވަރު ވާނެއެވެ. މިމުބާރާތުގައި ލެޓްވިއާ ބުޓާން މެޗަށް ފަހު ދެން ކުޅޭނީ ދިވެހިރާއްޖެ އާއި އެކުއެވެ.