ބ.ފުޓްބޯޅަ ޗެލެންޖްގެ ފައިނަލްގެ ފަހު ޖާގަ ކެންދޫ ފަސޭހަ ކަމާއެކީ ބަލިކޮށް ގޮއިދޫ ހޯދައިފި އެވެ. މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މިމެޗް ގޮއިދޫއިން ކެންދޫގެ މައްޗައް ކުރިހޯދީ 5-2 އިން ނެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ގޮއިދޫ ޓީމުން ނެވެ. މި ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޝައްމޫން ޖަމާލް އެވެ. އެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ލިބުނު ޕެނަލްޓީއަކުން އާދަމް ނިޒާމް ވަނީ އިތުރު ލަނޑެއް އެޓީމަށް ކާމިޔާބުކޮށްދީ ފައެވެ. މި މެޗްގައި އާދަމް ނިޒާމް ވަނީ ހެޓްރިކް ހަދާ މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ. ކެންދޫއިން ކުޅުން ރަނގަޅުކޮށް މެޗްގެ 27 ވަނަ މިނެޓްގައި މުހައްމަދު އީޖާޒް ލަނޑެއްޖަހާ ކެންދޫއަށް އުންމީދު އާކޮށްދިނެވެ. ގޮއިދޫ ޓީމްގެ އިތުރު ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި ހާފްގައި އާދަމް އިކްލީލް އެވެ.
ޒުވާން ޓީމަކާ އެކު ކުޅެމުން ދިޔަ ކެންދޫ ޓީމްގެ ފަހު ލަނޑުޖެހީ، މެޗްގެ އިތުރު ވަގުތުގައި ކެންދޫ ޓީމްގެ އަލީ ޝާއިން އެވެ.
މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 20 ވާ ހޮނިހިރު ދުވަހުއެވެ. ބައްދަލުކުރާނީ މުބާރާތް ހުޅުވި މެޗްގައި ވާދަކުރި ގޮއިދޫ ޔޫތް ސޮސައިޓީއާ ކްލަބް އޭދަފުއްޓެވެ.