މުނިފޫހިފިލުވުން

" ނޭވާލާ ހިނދު " ތަފާތު ލަވައެއް


ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ މަޝްޙޫރު ފިލްމީ ތަރި ޢަބްދުﷲ މުޢާޛު ތައްޔާރު ކޮށްފައިވާ ފިލްމު "ލީނާ"ގެ ވާހަކައެވެ.

މި މަހުގެ 23 ގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު މިހާރު މިވަނީ ފިލްމުގެ ޕްރިމިއާ ލަވަކަމަށްވާ " ނޭވާލާ ހިނދު " ބެލުންތެރިންނަށް ދައްކާލާފައެވެ.

ރާއްޖޭގެ މަޝްޙޫރު ލަވަކިއުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) ތައްޔާރުކޮށްފައިވާ މިލަވާގެ މިއުޒިކް ހަދާފައިވަނީ ރާއްޖޭގެ މަޝްޙޫރު ލަވަކިއުންތެރިޔާ ޢިބްރާޙިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

މަޝްޙޫރު ލަވަކިއުންތެރިޔާ ޙަސަން ތޮލާގް އަދި ލަމްހާ ލަތީފްގެ ހިތްގައިމު އަޑުން ކިޔާދިފައިވާ މިލަވަޔަށް އިތުރު ފުރިހަމަކަށް ގެނެސްދިނީ މި ފިލްމުގެ ލީޑް ރޯލް އިން ފެނިގެންދާ މަރިޔަމް އައްޒަ އަދި އަލީ އާޒިމް (ދޮން އައްޔަ)ގެ ހިތަގައިމު އެކްޓިންނެވެ.


ލަވަ ރިލީސް ކުރި ހިސާބުން ބެލުންތެރިންގެ ސަމާލުކަން ދަމައިގަތް އެއްއެކަމަކީ ލަވައިގައި އައްޒަ ބެނުން ކުރި ތަފާތު 4 ހެދުމަކަށެވެ.

ސޯޝަލް މީޑިއާގައި ލަވައިގައި އައްޒަ ބޭނުންކުރި ހެދުންތަކުގެ ފުރި ހަމަ ވާހަކަ ދައްކާއިރު ހެދުންތައް ފަރުމާ ކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ޑިޒައިނާ ހުސެން ސަދިއާން (ސޭންޑީ) އެވެ. މި ލަވަ ޝޫޓްކޮށްފައިވަނީ ކާފުއަތޮޅު ދިއްފުށީގައެވެ.
ހަމަ ގައިމުވެސް މިލަވަ މިވީ ބެލުންތެރިންނަށް ތަފާތު ލަވަޔަކަށެވެ.

ފިލްމުގެ ޓިކެޓް މިހާރު އަންނަނީ އޮލިމްޕަހުން ވިއްކަމުންނެވެ. "ލީނާ" ގެ ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަކޮށް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.