ވިޔަފާރި

ކުޅުދުއްފުށީގެ ޕެކޭޖިން ސެންޓަރު އަމިއްލަ ފަރާތަކާއި ހަވާލުކޮށްފި


އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ދެސަރަހައްދެއްގައި ޤާއިމް ކޮށްފައި ވާ ޕެކޭޖިން ސެންޓަރުގެތެރެއިން ހދ. ކުޅުދުއްފުށީ ސެންޓަރު ހިންގުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.ކުޅުދުއްފުށީ ޕެކޭޖިން ސެންޓަރ ހިންގުމަށް ހަވާލުކޮށްފައި ވަނީ ފެމެލީ ބޭކަރސް ކިޔާ އަމިއްލަ ވިޔަފާރިއަކަށެވެ.ކުޅުދުއްފުށީ ބިޒްނަސް ޑިވޮލޮޕްމެންޓް ސަރވިސް ސެންޓަރ ރަސްމީކޮށް އިފްތިތާހް ކުރުމަށް ކުޅުދުއްފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕެކޭޖިންސެންޓަރު އެފަރާތާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނސްޓަރ މުހައްމަދު ސައީދެވެ. އަދި ފެމެލީ ބޭކާސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ އެތަނުގެ ވެރިޔާ އިއްޒަތު ރަޝީދުއެވެ.އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ތަރައްޤީކޮއްފައިވާ މި ޕެކޭޖިން ސެންޓަރުގައި ޕެކެޓާއި ފުޅީގައި ތަކެތި ބަންދުކުރެވޭނެ އިންތިޒާމް އެމިނިސްޓްރީގެ ފަރާތުން ވަނީ ޤާއިމް ކޮށްދީފައެވެ.ކުޅުދުއްފުށީގެ އިތުރުން މިފަދަ ސެންޓަރެއް ދެން ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީ ފޭދޫގައެވެ.ކުޅުދުއްފުށީ ޕެކޭޖިންގ ސެންޓަރ ހިންގުމާއި ހަވާލުވި ފެމެލީބޭކާސްގެ ވެރިޔާ އިއްޒަތު ވިދާޅުވީ އެއްބަސްވުމުގައި ވާގޮތުގެ މަތިން ހަމަސްދުވަހުގެ ތެރޭގައި އެސެންޓަރުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެއަށްވުރެ ކުރިންވެސް ތަކެތި ބަންދުކުރުމަށް ބޭނުންވާ ސާމާނު އެކަމަށް ބޭނުންވާ އާންމު ފަރާތްތަކަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އިއްޒަތު ވިދާޅުވިއެވެ.އާންމުކޮށް މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕެކެޓުގައި ބަންދުކުރާ ތަކެއްޗަށްވުރެ ފެންވަރު ރަނގަޅަށް މި ޕެކޭޖިން ސެންޓަރުން ތަކެތި ބަންދު ކުރެވޭނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.