މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއަކާއި ހަވާލް ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ނިންމައިފިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމެޓީ އެކުލަވާލާފައިވާއިރު، ވީއޭއެމްގެ މައްސަލަތަކެއް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން މިހާރުވެސް ދަނީ ބަލަމުންނެވެ.
މިފަސް މެންބަރުންނަށްވެސް މިހާރުވަނީ މިކަން އަންގާފަ. ވީއޭއެމްއާއި ހަވާލްވުމަށް އެކުލަވާލީ ފަސް މެބަރުންގެ ކޮމެޓީގައި ހިމެނެނީ ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިސްމާއީލް އާއި ކުރީގެ ވީއޭއެމްގެ ޖެނެރަލް ސެކެޓްރީ އަދި މިހާރު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު އާއި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރު އަދި ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ.
މިފަސް މެންބަރުންނާއި ސްޕޯޓްސް ކޮމިޝަނަރ އިއްޔެ ބައްދަލުކުރައްވާފައިވާކަމުގެ މަޢުލުމާތު ޕީ.އެސް.އެމް ސްޕޯޓްސްއަށް ވަނީ ލިބިފައިއެވެ.
ނޯމަލައިޒޭޝަން ކޮމެޓީގެ އެންމެ ބޮޑު ބޭނުމަކީ ވީއޭއެމްގެ ތެރޭގައި ހުރި މައްސަލަތަށް ބަލާ، އިންތިޙާބަކަށް ތައްޔާރުވުމެވެ.
ވީއޭއެމްގެ މައްސަލަތަށް ބެލުމާއި އިންތިހާބްއަކަށް ހުޅުވާލުމަށް ނޯމަލައިޒެޝަން ކޮމެޓީއެއް އެކުލަވާލާފައިވާއިރު، ވީއެމްއިން މިހާރުދަނީ އިސްލާހީ އެޖެންޑަރއެއްގެ ދަށުން މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އަދި މިއަންނަ މަހުގެ ފަހު ކޮޅުގައި އެމަސައްކަތް ނިމޭނެކަމަށްވެސް ވީއޭއެމްއިން މަޢުލުމާތު ދީފައިވެއެވެ.
ސްޕޯޓްސް ކޮމިޝަނަރގެ ބެލުމުގެ ދަށުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީގެ މަސައްކަތްތަށް މިހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް މަޢުލުމާތު ލިބިފައިވެއެވެ.