ކުޅިވަރު

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމްއަށް ބޮޑު ހީނާ އައްޔަންކުރައްވައިފި


ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް އަޙްމަދު ސަލީމް ޢައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް އައްޔަން ކުރައްވާފައިވަނީ މިއަދުއެވެ. އަޙްމަދު ސަލީމް މި މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްގެމަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.
ކޮމިޝަނާރ އޮފް ސްޕޯޓްސްގެ މަގާމް ހުސްވެފައިވަނީ އެންމެ ފަހުން އެމަގާމްގައި ހުރި ކުރީގެ މަޝްހޫރު ފޯވާޑް އާލީ އުމަރު އެމަގާމްއިން ވަކިކުރުމުންނެވެ. އަލީ އުމަރު ކޮމިޝަނާކަމުން ވަކިކޮށްފައިވަނީ އެފްއޭއެމްއާއި ޔޫތް މިނިސްޓްރީއާއި ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ.
އަޙްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ
އަޙްމަދު ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާޞިލްކުރައްވާފައެވެ. ހިނާއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ފުޓްބޯޅައިގެ ވައިޑީޕީ ޕްރޮގްރާމް ހިންގާ ފަރާތެވެ. އާމްދަނީއެއްގެ ގޮތުގައިވެސް ސަމީލް ކުރާ މަސައްކަތަކީ ފުޓްބޯޅަ ވައިޑީޕީގެ މަސައްކަތެވެ. އަހުމަދު ސަލީމް އާންމުންގެ ތެރޭގައި މަޝްހޫރުވައިވަނީ ބޮޑު ހީނާގެ ނަމުންނެވެ.
ހިނާ އެކަޑަމީއަކީ 2004ވަނަ އަހަރުން ފެށިގެން މެދު ކެޑުމެއްނެތި ކުރިއަށްދާ އެކަޑަމީއެކެވެ. 15 އަހަރުވެފައިވާ އާލީ ޓަޗް ފުޓްބޯލް އެކަޑަމީއަށް މިހާރު 15 އަހަރުވެފައިވާއިރު، މިހާރުވެސް އެކަަޑަމީގެ ދަށުން 3000އަށް ވުރެއް ގިނަ ކުދިން ތަމްރީން ކުރަމުންދެއެވެ.