ސިއްހަތު

ހޭންޑް ފުޓް އެންޑް މައުތު ބައްޔަށް ސަމާލުވުމަށް އަންގައިފި


މިދުވަސްވަރު މާލެއާއި އަތޮޅުތެރެއިން ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.އެ އެޖެންސީން ބުނީ މި ބަލި އާއްމުކޮށްޖެހެނީ އެއްއަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިންނަށްކަމަށާއި ޚާއްސަކޮށް ޕްރީސްކޫލްގައި ކިޔަވަމުންދާ ކުދީންނާއި ގްރޭޑް އެކެއް އަދި ދޭއްގައި ކިޔަވައި ކުދިންގެ މެދުގައި މިބަލި ފެތުރިގެން ހިނގައިދާނެކަމަށެވެ.ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ބައްޔަކީ ގައިގޯލިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް އަދި ބޮޑުކަމުދާ ނަޖިހާއި ހަމުގައިނަގާ ފޮޅުން ނިކުންނަ ދިޔައިން ވަރަށް ފަސޭހައިން އަރާ ބައްޔެއްކަމަށެވެ.ބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކާހިތްނުވުން އަދި ގައިގަ ރިއްސުމާއި ކަރުތެރެ ފާރުވުންފަދަ އަލާމާތްތައް ހިމެނެއެވެ. އެހެންކަމުން މި ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވާ ސާފްތާހިރުކަމަށް ސަމާލުވުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.