ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއިއެކު ފާޚާނާ އާއި ފެންވަރާނެ ވަޞީލަތްތައް ހިމެނޭގޮތަށް ޢިމާރާތެއް ހަދާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މި މަޝްރޫއު އާއި ބެހޭ މައުލޫމާތު ދިނުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަންގައި ކަމަށެވެ. ޢަދި ބިީލަން ހުޅުވުން އޮންނާނީ މިމަހުގެ 23ގައިކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ
ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި މަޝްރޫއަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ. ޢަދި މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 000'20 (ވިހިހާސް ) ރުފިޔާ ބަހައްޓަންޖެހެއެވެ.
ސްވިމިން ޓްރެކް ތަރައްޤީކުރަން ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ އާއްމުކުރައްވާފައެވެ.
ސްވިމިން ޓްރެކަށް ފަތަންދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސާދިނުމަށް ސްޕޯޓްސް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން އެ ސަރަހައްދަށް ރޭގަނޑު މޫދަށް އެރޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް އެ ސަރަހައްދުގައި ދާދި ފަހުން ވަނީ ލައިޓް ހަރުކޮށްދީފައެވެ