ވިޔަފާރި

ދިރާގުގެ އިންޓަރނެޓް ޚިދުމަތަށް ބުރުލެއް އަރައިފި


ބައިނައަގްވާމީ
ލިންކްއަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދިރާގުން ފޯރުކޮށްދެމުން އައި އިންޓަރނެޓްގެ
ޚިދުމަތަށް ބުރޫއަރާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.



ދިރާގުން ބުނީ އިންޓަރނެޓް
ޚިދުމަތަށް ބުރޫއެރީ ސިންގަޕޫރު މެދުވެރިކޮށް އިރުމަތީ ސަރަހައްދަށް ދޫކޮށްފައިވާ
އިންޓަރނޭޝަނަލް ލިންކަށް މައްސަލައެއް ޖެހުމުގެ ސަބަބުންކަމަށެވެ. އަދި އެ
މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަމަށާއި މައްސަލަ
ހައްލުކުރެވޭނެ ވަކި އިރެއް ބުނަން ނޭގޭކަމަށް އެކުންފުނިން ބުނެއެވެ.