ވިޔަފާރި

ސެމްސަންގ އެސް 6 ރާއްޖޭގެ ބާޒާރަށް ނެރެފި


ސޭމްސަންގް ގެލެކްސީ އެސް ސިކްސް އަދި އެސް
ސިކްސް އެޖް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.



މައްޝޫރު ސެމްސަންގް ކުންފުނީގެ އެއްމެ
ފަހުގެ މި ދެ އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރުން ފާހަގަކުރުމަށްޓަކައި
ސެމްސަންގްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ހައިކް މޯލްޑިވްސް ގެ
ފަރާތުން އަދި ދިރާގުގެ ފަރާތުންވެސް ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.



 މި
ދެ ފޯނު ރާއްޖޭގެ ބާޒާރަށް ނެރުން ފާހަގަކުރުމަށްޓަކައި ހައިކް މޯލްޑިވްސްގެ
ފަރާތުން މިއަދު އެ ކުންފުނީގެ ރާއްޖޭގެ ސެމްސަންގް ޝޯ ރޫވްގައި ބޭއްވި ހަފްލާގައި،
ސެމްސަންގް ގެލެކްސީ އެސް ސިކްސް އެޖް އަދި އެސް ސިކްސް އަށް އެ ފިހާރަ
މެދުވެރިކޮށް އެއްމެ ފުރަތަމަ ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ފޯން ހަވާލްކޮށްދެއްވީ
އެންވަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.



މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި
ވާހަކަފުޅުގައި، ދުނިޔޭގެ ބާޒާރަށް ފޯނު ނެރޭ ދުވަހާއި އެއްދުވަހެއްގައި ރާއްޖޭގެ
ބާޒާރަށްވެސް ފޯނު ތައާރަފްވެގެން ދިއުމަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ
ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

 ހައިކް މޯލްޑިވްސް އިން މައުލޫމާތުދޭ
ގޮތުގައި މި ދެ ފޯނަށް ތިރީސް ހަތަރު ފަރާތަކުން ޕްރީ އޯޑަރ ކޮށްފައިވެއެވެ.



ރާއްޖޭގެ ބާޒާރަށް ސެމްސަންގް އެސް ސިކްސް
އަދި އެސް ސިކްސް އެޖެ ނެރުން ފާހަގަ ކުރުމަށްޓަކައި ދިރާގުން ރޭ އެކުންފުނީގެ
ހެޑް އޮފީހުގައި ބޭއްވި ހަފްލާގައި ދިރާގު މެދުވެރިކޮށް ޕްރީ އޯޑަރ ކުރި
ފަރާތްތަކަށް ވަނީ ފޯން ހަވާލްކޮށްފައެވެ.



ދިރާގުގެ އެސިސްޓަންޓް މެނޭޖަރ
މާކެޓިންގ ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލް ވިދާޅުވީ ދުނިޔޭއަށް ފޯން
ލޯންޗްކުރާ ދުވަހު ރާއްޖެއަށް ވެސް ފޯން ލޯންޗް ވެގެން ދިޔުމަކީ ވަރަށް ބޮޑު
ކާމިޔާބީއެއް ކަމަށާއި ދިރާގު މެދުވެރިކޮށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލުމާއި
ގުޅިގެން ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބް ލިބިގެން ދިޔަ ކަމަށެވެ.