މުނިފޫހިފިލުވުން

މިނިވަން 50 އާ ގުޅިގެން ލަންކާއާއި ދިވެހި ފަންނާނުންގެ ޝޯއެއް


ރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް
ބަދަހިކުރުމުގެ ގޮތުން، މޯލްޑިވްސް މިއުޒިކް އެންޑް އާރޓް ސެންޓަރުން އިންތިޒާމްކޮށްގެން " ސްރީލަންކަން
މޯލްޑިވިއަން މިއުޒިކް ކޮންސެޓް "ގެ ނަމުގައި މިރޭ ޙާއްސަ މިއުޒިކް ކޮންސެޓެއް ބާއްވަން ނިންމައިފިއެވެ.



ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިއުންތެރިންނާއި، ސްރީލަންކާގެ ބޯއިޒޯން
ބޭންޑުގެ މަޝްހޫރު ލަވަކިއުންތެރިން ބައިވެރިވާ މި ކޮންސެޓާއި ގުޅޭގޮތުން ރޭ
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމް.އެމް.އޭ.ސީގެ ޑިރެކްޓަރ އަލީ އަބްދުލް ކަރީމް
ވިދާޅުވީ، މި ޝޯއަކީ ސްރީލަންކާގެ
އިސްނެގުމެއްކަމަށާއި، މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހަރަކާތްތައް
ހިންގަމުންދާއިރު ލަންކާއިންވެސް އެހަރަކާތްތަކުގައި ބައިވެރިވާން
ބޭނުންވާކަމަށެވެ.  



މި ކޮންސެޓާއި
ގުޅޭގޮތުން  ބޯއިޒޯންގެ ފަރާތުން
ސަންދަމާލީ ބުނީ، ލަންކާގެ ހުނަރުވެރި އާޓިސްޓުން ބައިވެރިވާ މި ކޮންސެޓްގެ
ސަބަބުން ދެގައުމުގެ މެދުގައި ގުޅުންބަދަހިވެ، އެކުވެރިމާހައުލެއްގައި
އުފާފާޅުކުރެވިގެންދާނެކަމަށެވެ.



މިރޭ އަށެއް ޖަހާއިރު
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި  ބާއްވާ މިކޮންސެޓްގެ ޓިކްޓްގެ އަގަކީ 200 ރުފިޔާ
ކަމަށާއި، ޓިކެޓްގެ ފަންސާސް އިންސައްތަ ސްރީލަންކާއަށް ނިސްބަތްވާ ފަރާތްތަކުން
ގަނެފައިވާއިރު، އެމް.އެމް.އޭ.ސީއާ، ކެފޭ އޭޝިއާނާއިންވެސް މިކޮންސެޓްގެ
ޓިކެޓު ލިބެންހުނާނެކަމަށް 
އެމް.އެމް.އޭ.ސީން ބުނެއެވެ.



މި
ކޮންސެޓްގައި،  އެމް.އެމް.އޭ.ސީގެ
ދަރިވަރުންގެ ހުށައެޅުމެއް ފެނިގެންދާއިރު،



މިނިވަންދުވަހުގެ
މުނާސަބަތުގައިވެސް ލަންކާގައި މިފަދަ ކޮންސެޓެއްބާއްވަން ވިސްނަމުންދާކަމަށާއި،
ކުރިޔަށް އޮތްތަނުގައި އަހަރަކު ދެފަހަރު މިފަދަ ކޮންސެޓްތަށް ބާއްވާން
ރާވަމުންދާކަމަށް އެމް.އެމް.އޭ.ސީން މަޢުލޫމާތުދެއެވެ.