ހާފް މެރެތަންގެ ޤައުމީ ރެކޯޑް ޝިފާޒް މުހައްމަދު އާކޮށްފިއެވެ.
ޝިފާޒް ޤައުމީ ރެކޯޑް އާކުރީ މިއަދު ޗެކްރިޕަބްލިކްގައި އޮތް ޕްރާގް ހާފް މެރަތަންގައި އެއް ގަޑި އިރާއި ތޭރަ މިނެޓް ހަތަރު ސިކުންތުން ރޭސް ނިންމައިގެނެވެ.
މީގެކުރިންވެސް މިރެކޯޑް އޮތީ ޝިފާޒް އަތުގައި. އެއީ މިދިޔަ އަހަރު ނޭޕާލްގައި އޮތް ހާފް މެރެތަން އެއްގަޑި އިރާއި ސާދަ މިނެޓު އެއް ސިކުންތުން އެ ރޭސް ނިންމައިގެންނެވެ.
ޝިފާޒް މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް އަކާ ހިސާބަށް ވާސިލްވުމަށެވެ.
އާއްމުގޮތެއްގައި މެރަތަން ދުވާ ޝިފާޒް އަކީ މެރަތަންގެވެސް ޤައުމީ ރެކޯޑް މިހާރު އޮތް އެތްލީޓެވެ. އޭނާ ވަނީ މިދިޔަ ނުވެމްބަރު މަހު ކެންޔާގައި ހާއްސަ ތަމްރީންތަކެއް ފުރިހަމަ ކޮށްފައެވެ.