ޚަބަރު

މިއަހަރު ތެރޭ ގދ. ތިނަދޫން އިތުރު 55 ހެކްޓަރު ބިން ހިއްކަނީ


މިއަހަރުގެ ތެރޭގައި
ގދ. ތިނަދޫގައި އިތުރު 55 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓަރ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



ތިނަދޫގައި ބޭއްވި
ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ،
ބިންހިއްކުމުގެ  އިތުރުން ތިނަދޫގެ
ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރެވެމުންދާކަމަށާއި، މަގުހެދުމުގެ
މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.



ތިނަދޫގެ ހައުސިން
ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ
މިނިސްޓަރ ޑރ. މުހައްމަދު މުއިޒް 
ވިދާޅުވީ، ތިނަދޫގެ އާބާދީއާ އަޅާބަލާއިރު މިހާރުވެސް ބިން
ފުރިފައިވާކަމަށެވެ.



މިނިސްޓަރ ވިދާޅުވީ، 55
ހެކަޓްރުގެ ބިންހިއްކަން ހަމަޖެހިފައިވާއިރު އެއީ އާބާދީއާ އަޅާބަލާއިރު
ތަންކޮޅެއް ކުޑަ މިންވަރެއްކަމަށާއި މިވަގުތު ސަރުކާރުގެ މާލީ ގާބިލުކަން
ހުރިގޮތުން މިވަގުތަށް ހިއްކެންހުރީ އެމިންވަރަށްކަމަށެވެ. ނަމަވެސް  ތިނަދޫގެ ބިންހިއްކުމަށް ސަރުކާރުގެ ތެރެއިން
ހުރިހާކަމެއް ހަމަޖެހިފަިވާކަމަށާއި، 
ވަރަށް އަވަހަށް  ބިންހިއްކުމުގެ
މަސައްކަތް ކުރުމަށް ޓެންޑަރަށް ހުޅުވާލާނެކަމަށް.



މިނިސްޓަރ މުއިޒް
ވިދާޅުވީ، ތިނަދޫގެ ބިންހިއްކާނިމުމުން އެބިން ތަރައްގީކުރުމަށް ރަށުގެ ރައްޔިތުން
ބޭނުންވާ ގޮތުގެ ޕްލޭނެއް ސަރުކާރާއި ހިއްސާ ކުރެއްވުމުން، އެޕްލޭން އެކުލަވާލެވި
އެކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ރައްޔިތުންނާއި ގުޅިގެން ސަރުކާރުން
ކުރިއަށްގެންދަވާނެކަމަށް.



ތިނަދޫގެ ބިން
ހިއްކާނިމުމުން އަތޮޅުގެ އެހެން ރަށްތަކުން އެރަށަށް މީހުން ހިޖުރަކުރުމުގެ
މަސައްކަތާމެދުވެސް ތިނަދޫގެ ރަށްޔިތުން ވިސްނަވާނެކަމަށް
އުންމީދުކުރައްވާކަމުގައި ވިދާޅުވި،



ތިންދޫގެ ބިންހިއްކުމާ
ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ،
ބިންހިއްކުމުގެ މަސައްކަތައް ޗައިނާފަދަ ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ފޯރުކޮށދެއްވާނެކަމަށް.



މިހާރުކުރިޔަށްދާ
ތިނަދޫެގެ ބަދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާކަަމަށާއި، އެމަސައްކަތް
ނިމުމުން ތިނަދޫއާ އެރަށް ހިމެނޭ ސަރަހައްދަށް 
ގިނަގުނަ ނަފާލިބިގެންދާނެކަމަށާއި، ތިނަދޫގެ މަގުތަށް ރަނގަޅުފެންވަރަކަށް
ހެދުމަށް އެމަސައްކަތްކުރައްވާ ފަރާތުން ތައްޔާރުވެފައިވާކަމަށްް ހައުސިންގ
މިނިސްޓަރ ވަނީ ވިދާޅުވި.