12 ވަނަ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވާފިއެވެ.
17 އަހަރުން ދަށުގެ އަންހެން އެއްވަނަ ޓީމަކައް ހޮވިފައިވަނީ ޝަރަފުއްދީން ސްކޫލެވެ. އަދި 15 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެންބައިންވެސް ޝަރަފުއްދީންވަނީ އެއްވަނަ ހޯދާފައެވެ. 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދި ރައުހަތު ސްޕޯޓްސްއެވެ. އަދި ހަމަ މިއާއިއެކު ރައުހަތު ސްޕޯޓްސް ވަނީ މިމުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާއިންވެސް އެއްވަނަ ހޯދާފައެވެ. 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ވަކިވަކި އެތްލީޓުން ހޯދި ކާމިޔާބީތަކަށް ބަލާއިރު 15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ ކުޑަ ހުސެން އެސޯސިއޭޝަންގެ އެތްލީޓެއް ކަމައްވާ މަރްޔަމް ރުޢުޔާ އަލީއެވެ. ފިރިހެން އެންމެ މޮޅު އެތްލީޓަކީ ރައުހަތު ސްޕޯޓްސް ޓީމްގެ އެތްލީޓެއް ކަމައްވާ އިބަރާހިމް ނާހިލް ނިޒާރުއެވެ.
17 އަހަރުން ދަށުގެ އަންހެން އެއްވަނަ އެތްލީޓަކީ ޝަރަފުއްދީން ސްކޫލުގެ އެތްލީޓެއް ކަމައްވާ ކައުސަރު އާދަމްއެވެ. ފިރިހެން އެންމެ މޮޅު އެތްލީޓަކީ އަބްރާހިމް ރާފިލް ވާފިރުއެވެ.
19 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ސުޒައިން މުޙައްމަދުއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ ޢާއިޝަތު ހިމްނާ ޙަސަންއެވެ.
12 ވަނަ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެންޕިއަންޝިޕްގެ ފަށާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އަދި މިއެތްލެޓިކްސް ޗެންޕިއަންޝިފްގައި 30 ޓީމްއަކުން ވަނީ ބައިވެރިވެފަ.