އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން ހާއްސަ މެޗްތަކެއް ކުޅެފިއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވީއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މެޗްތަކުންގައި ކުޅެފައިވަނީ އަންހެން ބޭފުޅުންގެ ޓީމްތަކެކެވެ. މީގެއިތުރުން މިމެޗްތަކުގައި ރެފްރީކަންވެސް ކޮށްފައިވަނީ އަންހެން ރެފްރީކަން ފާހަގަކޮށްލެވެއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެންމެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރު ގައުމީ އަންހެން މުބާރާތުގެ ޗެންޕިއަން ޓީމް ޕޮލިސް ކުލަބާއި، މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ޓީމެކެވެ. ތިން ސެޓްއަށް ކުޅުނު މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން އެކުލަވާލި ޓީމެވެ.
ރޭގައި ކުޅުނު ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ވީއޭއެމްގެ ވެޓްރެންސް ޓީމްއަކާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ވެޓްރެންސް ޓީމެވެ. މިމެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށްފައިވަނީ ޔޫތް މިނިސްޓްރީގެ ވެޓްރެންސް ޓީމެވެ.
މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން ބުނީ މިއީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމުގެ މަގްސަދުގައި ކުލެފައިވާ މެޗުތަކެއް ކަމަށެވެ. އަބަދުވެސް ވީއޭއެމްއިން އަންހެން ކުޅުންތެރިން އުފެއްދުމަށާއި އެހެން ވޮލީ ކުޅުންތެރިން ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށްވެސް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ.