މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން އައު ހެޑް އޮފީހަށް ބަދަލުކުރަން ނިންމާފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
އިސްލާމިކް ބޭންކުން ބުނީ އިސްލާމިކް ބޭންކުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ފެބްރުއަރީ 24 ވާ އާދީއްތަ ދުވަހުން ފެށިގެން މެދުޒިޔާރާތްމަގުގައި ހުންނަ އެ ބޭންކުގެ އައު ހެޑް އޮފީހަށް ހުރިހާ ޚިދުމަތެއް ބަދަލުކުރަން ހަމަޖެހިފައިވާކަމަށެވެ.
އެމްއައިބީން ބުނީ މެއިން ބްރާންޗުން މިހާރު ލިބެން ހުރި ޚިދުމަތްތައް އަންނަ ހަފްތާއިން ފެށިގެން ހެޑް އޮފީހުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފްލޯއިން ލިބެން ހުންނާނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. މީގެ އިތުރުން އެމްއައިބީގެ މެއިން ބްރާންޗުގައި ހުރި އޭޓީއެމް މެޝިންތައް އައު ހެޑް އޮފީހަށް ބަދަލުކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މެޝިންތަކުން 24 ގަޑިއިރު ޚިދުމަތް ލިބެން ހުންނާނެކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން މަޢުލޫމާތުދެއެވެ.
އިސްލާމިކް ބެންކްގެ މިހާރުގެ މެއިން ބްރާންޗް ހުންނަނީ އަމީރު އަހުމަދު މަގުގެ ހ. ކޮކަނެޓް ވިލާ ގައެވެ.