ވިޔަފާރި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިސްމާއިލް ޔާސިރު އިސްތިއުފާދެއްވައިފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިސްމާއިލް ޔާސިރު އިސްތިއުފާދެއްވައިފިއެވެ.

އެސްޓީއޯގެ ބޯޑުން އިސްމާއީލް ޔާސިރު ވަކިވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ޔަޤީންކޮށްދީފައެވެ.
އެސްޓިއޯގެ ބޯޑުން އިސްމާއީލް ޔާސިރު ވަކިވުމާއި ގުޅިގެން މިހާރު އެކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި ޗީފް ފައިނޭޝަނަލް އޮފިސަރު މުހައްމަދު މިހާދު އަދި ޑިރެކްޓަރުން ކަމަށްވާ އާމިރު މަންސޫރު، މަރިޔަމް ޒާހިޔާ އަދި އައިޝަތު ފަޒީނާއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނިތަކުގެ ބޯޑަށް ދަނީ ބަދަލުތައް ގެންނަވަމުންނެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.