ކުޅިވަރު

ދެވަނަ ހާފްގައި ކުޅެން ނުކުމެ މެސީ ބާސެލޯނާ މޮޅުކޮށްދީފި


ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުމެއް މެސީ، އަނެއްކާވެސް ބާސެލޯނާ މޮޅުކޮށްދީފިއެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި ލެގަނޭސް ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކުރީ ތިނެއް ދޭއަކުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީވެސް ބާސެލޯނާއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ފޯވާޑް އުސްމާނޭ ޑެމްބޭލޭ އެވެ. ދެވަނަ ހާފްގައި ލެގަނޭސްއިން ލަނޑެއް ޖެހާ މެޗު ނަތީޖާ ހަމަ ހަމަ ކުރުމާއެކު އެޓީމުން މިސީޒަންގައި ދެވަނަ ފަހަރަށް ބާސެލޯނާއަތުން ޕޮއިންޓެއް ހޯދިދާނެ ކަމުގައި އުއްމީދު އާކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ އޮއެވަރު އެއްކޮށް ބަދަލުކޮށްލީ އޭގެ އިރުކޮޅެއް ފަހުން ކުޅެއް ނިކުތް ބާސެލޯނާގެ ކެޕްޓަން ލައެނަލް މެސީ އެވެ. މެސީ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖެހުމަށް ސުއަރޭޒްއަށް މަގުފަހިކޮށްދިނުމުގެ އިތުރުން ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިސީޒަންގައި މެސީ ކުޅުނު ސައުވީސް މެޗުގެ އޭނާ ވަނީ ފަންސަވީސް ލަނޑު ކާމިޔާބުކޮށްފައެވެ.