ލިވަޕޫލް ޑިފެންޑަރ އެންޑީ ރޮބަޓްސަން އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.
2017 ވަނަ އަހަރު ހަލް ސިޓީން ލިވަޕޫލަށް ބަދަލުވި ރޮބަޓްސަން ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައިވަނީ 2024 ގެ ނިޔަލަށެވެ.
ރޮބަޓްސަން ވަނީ ލިވަޕޫލަށް މިހާތަނަށް ފަންސާސް ހަ މެޗު ކުޅެދީފައެވެ. ސައުވީސް އަހަރުގެ މި ކުޅުންތެރިޔާ ވަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ރޮބަޓްސަން ބުނީ ލިވަޕޫލްގައި އޭނާ މި ހުރީ ވަރަށް ހިތްހަމަ ޖެހިގެންކަމަށާއި، ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ލިވަޕޫލާއި އެކު ކުރިޔަށްދިޔައީ ވަރަށް އަވަސްކޮށްކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ލިވަޕޫލްއާއެކު އިތުރު ކާމިޔާބީތަކެއް ހޯދޭނެކަމަށް އުއްމީދު ކުރާކަމަވެސް ރޮބަޓްސަން ބުންޏެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް މިވަގުތު އޮތީ ފަންސާސް ހަތް ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.