މިއަދު ފުޓްބޯޅައިގައި ފޯރި ނެތުމުގެ ޒިންމާ 90ގެ އަހަރުތަކުގައި ކުލަބްތައް ހިންގި ފަރާތްތަކުންވެސް ނަގަންޖެހޭކަމަށް ކުލަބް ވެލެންސިޔާގެ އެއް ފައުންޑަރ މެންބަރ ޙިނާ އަހުމަދު ސަލީމް ބުނެފިއެވެ.
80 އަދި 90ގެ ކުރީކޮޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އޮތީ ވަރަށް ގަދަކޮށެވެ. ކޮންމެ މެޗެއް ބެލުމަށް އެތަކެއް ސަހޭކަ މީހުން ދަނޑަށް ވަދެ، މުޅި ދަނޑު އޮންނަނީ ފުރިފައެވެ. 90ގެ އަހަރުތައް ނިމި ދެހާހުގެ އަހަރުތަކަށް އައިއިރު ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކެނޑި ދަނޑަށް ވަންނަ މީހުންގެ އަދަދުވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ.
ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ހީނާ އަޙުމަދު ސަލީމް ބުނީ މިއަދު ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ނެތުމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި މިހާރު ކުލަބްތައް ހިންގާ ފަރާތްތަކާއި އެފްއޭއެމް ނޫންކަމަށެވެ. 80 އަދި 90ގައި ފުޓްބޯޅައިގެ ފޯރިގަދަވެގެން ދިޔަލެއް ބޮޑުކަމުން އޭރުގެ ކުލަބްތައް ހިންގި ފަރާތްތަކުން ދާއިމީ ގޮތެއްގައި ކުލަބްތައް ހިންގުމުގެ ވިސްނުން ނުގެންގުޅޭކަމަށާއި ކުލަބްތައް އަމިއްލަ ފައިމައްޗަށް ނެގުމުގެ ވިސްނުންވެސް ނެތްކަމަށެވެ.
ހީނާ ބުނީ ކުލަބްތަކަށް ލިބޭ އެއްޗަކުން ހިންގޭ ގޮތެއް ވަނީ ނުވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިޑީޕީ ޕްރޮގްރާމް ހިންގަމުން އަންނަ ހިނާ އަހުމަދު ސަލީމް ބުނީ ހުރިހާވެސް މައްސަލައަކީ މިކަމުގެ މަތީ ތަޢުލީމް ހާސިލްކޮށްފައިވާ މީހުން މި ދާއިރާގައި މަދުވުންކަމަށެވެ. އަދި މިކަމަށް ކުލަބްތަކުންވެސް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާކަންވެސް ހީނާ ފާހަގަކުރިއެވެ.
"ފުޓްބޯޅަ ކުރިން ކުޅެމުން އަންނަނީ ރެކްރިއޭޝަން ގޮތަށް. ނަމަވެސް އެކަން ބަދަލުވެ ފުޓްބޯޅަ ވާދަވެރިވެ ގިނަ މުބާރާތްތަކެއް މީގެ ތެރެއަށް ވަތް ވަގުތު އަޅުގަނޑުމެންގެ ކުލަބްތަށް ތިބީ ތައްޔާރަކަށް ނޫން. އެފްއޭއެމްވެސް މިކަމަށް އެކަށީގެންވާ ގޮތުގައި ތައްޔާރެއް ނުވޭ. ހާއްސަކޮށް ކުލަބްތަށް ހިންގަމުން އައިސްފައިވާ ފަރާތްތަށް މިކަމަށް ތައްޔާރުއެއް ނުވޭ. އޭގެ ތަޢުލީމް ހާސިލްނުކޮށް ތިބީ، ދެން މިބީ ގޮތަކީ ފުޓްބޯޅަ ރާއްޖޭގައި ކުރިއަށް ދިއަލެއް ބާރުކަމުން އެޑްމިން އެއްކޮށް ފެއިލްވީ. ކުލަބްތަށްވެސް އެފްއޭއެމްގެ އެޑްމިންވެސް ފެއިލްވީ. ކުލަބްތަކުގެ މީހުންނަށް ނޭންގުނު ކީއްކަން ކުރަންވީވެސް އަދި އެފްއޭއެމްގައި ތިބި މީހުންނަކަށްވެސް ނޭންގުނު ކީއްކަމެއް ކުރަންވީވެސް. މިވީ ގޮތެއްވެސް ނޭންގުނު. ކުއްލިއަކަށް މީތިއެއްކޮށް އެއްކޮށް ހަލާކުވެގެން ގޮސް އެއްކޮށް ފަޅައިގެން ދިޔަފަހުން އެންމެންނަށް މިއިގުނީ މިވީ ކިހިނެއްކަންވެސް." ހީނާ ބުންޏެެވެ.
ހިނާ އަހުމަދު ސަމީލް ބުނީ މިއަދު ފުޓްބޯލައިގެ ހާލަތު ދަށްވުމުގައި އިންފްރާސްޓްރަފްޗާރވެސް ވަރަށް ބޮޑު ރޯލެއް ކުޅެފައިވާކަމަށެވެ. އަތޮޅުތެރޭގެ ވަރަށް ގިނަ ޓީމްތައް މާލެއައިސް ފުރަތަމަ ޑިވިޝަންގައި ކުޅެފައި ދާއިރު، ރަށުގައި ރަނގަޅު ފެންވަރެއްގެ ދަނޑެއް ނެތުމުގެ މައްސަލައަކީވެސް ވަރަށް ބޮޑު މައްސަލައެއްކަމަށް ހިނާ ފާހަގަކުރިއެވެ. މިއަދުގެ ޖީލްތަކަށް ފުޓްބޯޅައިގެ ތަރިން ނޭނގޭއިރު، ހުރާ، އޭދަފުށި އަދި ގުރައިދޫ ކަހަލަ ރަށްރަށަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅެފައިވާ ރަށެއްކަންވެސް މިހާރު ގިނަ މީހުންނަށް ނޭނގޭކަމަށް ހިނާ ބުންޏެވެ. ހިނާ ބުނީ މިހާރުވެސް ފުޓްބޯޅަ ކޮޅަށް ޖަހަންބޭނުންވާކަމަށް ވާނަމަ، އަތޮޅު ތެރޭގައި ރަގަނޅު ފެންވަރުގެ ދަނޑުތަށް އަޅަންޖެހޭކަމަށެވެ.
"ވޯލްޑް ކަޕްއެއް ބާއްވާފައި އޮތް ގައުމްއަކަށް 15 އަހަރު ފަހުން ދިޔަކަމުގައި ވީނަމަވެސް އެގޭނެ އެއީ ވޯލްޑްކަޕްއެއް ބާއްވާފައި އޮތް ގައުމްއެއްކަން. އޭގެ ބަދަލުގައި ހުރާ ފުރަތަމަ ޑިވިޝަންއަށް އައީ، ގޮސް ބަލާލަބަލަ މިހާރު ހުރާ އޮތް ހާލަތު. އޭފަދުށި ފުރަތަމަ ޑިވިޝަންއަށް ކުޅުނީ މިހަރު ބަލާބަލަ އެދަނޑު އޮތް ހާލަތު. މަހިބަދޫ ގޮސް ބަލާލަބަލަ. އައްޑު އަތޮޅު ފޭދޫ ބަލާލަބަލަ، އެއީ މީގެ 70ގެ ކުރީކޮޅުގައި ކުޅުނު ބައެއް. އެހެން ވީމަ ގައުމީ ޖޯޒީލައިގެން ދަނޑަށް އެރީމަ އެމީހާ ހުންނަ ހާލަތު ބަލާލަބަލަ. އެހެންވީމަ ހުރާ ޓީމް ފުރަތަމަ ޑިވިޝަންއަށް އައީމަ މިހާރު އެގެންޖެހޭނެ މިހާރު އެރަށަށް ދިޔައީމަ އެއީ ފުރަތަމަ ޑިވިޝަންގައި ކުޅެފައި އޮތް ޓީމްއެއްކަން. އެގޮތުން މުޅި ރާއްޖޭގައި އެންމެ ދަށްކޮށް އެއް ދަނޑަށް ވާނޭ އޭދަފުށީ ދަނޑު. އެންމެ ދަށްކޮށް އޮތް ފަސް ގަނޑަށްވާނެ ހުރާ ދަނޑު. މީގެ އަސްލު މާނައަކީ މިރަށްތަށް ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާއިރު އެއީ ކޮން ބައެއްކަން ނޭނގެއޭ." ހީނާ ބުންޏެވެ.