ކުޅިވަރު

އޭ.އެފް.ސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީ އެކުލަވާލީ އިންޓަރނޭޝަނަލް ޤަވާއިދުތައް ނޭންގިގެން - ބައްސާމް


އޭއެފްސީ ކަޕްއިން ރާއްޖޭގެ ޓީމްތަކަށް ޖާގަ ނުލިބުނު މައްސަލަބަލަން ޔޫތް މިނިސްޓްރީ ކޮމެޓީއެއް އެކުލަވާލީ ފުޓްބޯޅައިގެ އިންޓަރނޭޝަނަލް ގަވާއިދުތައް ނޭނގިތިބުމުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓީމްތަކަށް މިއަހަރުގެ އޭއެފްސީން ކަޕްއިން ފުރުސަތު ގެއްލުމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އިސްކޮށް ހުންނަވައިގެންވަނީ ރާއްޖޭގެ ޓީމްތަކަށް ފުރުސަތު ގެއްލުނު ސަބަބު ބެލުމަށް ކޮމެޓީއެއް އެކުލަވާލައްވާފަ އެވެ.

މިމައްސަލަ ބެލުމަށް މިނިސްޓްރީންއިން ކޮމެޓީއެއް އެކުލަވާލުމާއި ގުޅިގެން ދެން ފެނިގެންދިޔައީ އެފްއޭއެމްއާއި ޔޫތް މިނިސްޓްރީގެ ބަހުގެ ހަމަލާތަކެވެ. އަދި އޭއެފްސީން ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އޭއެފްސީ ކަޕްއިން ރާއްޖޭގެ ޓީމްތަކަށް ޖާގަ ގެއްލުނު މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގެ ކަންތަށްތަށް ހޫނުވެ ރާއްޖެ ސަސްޕެންޑް ކުރުމުގެ އިންޒާރުވެސް ދިންފަހުން ކޮމެޓީގެ މަސައްކަތްތަކަށްވަނީ ބަދަލްތަކެއް ގެނެސްފަ އެވެ.

ފަހުން ޔޫތް މިނިސްޓްރީން ވިދާޅުވީ އެކޮމެޓީއަކީ ސަރުކާރުން ކުލަބްތަކަށާއި އެފްއޭއެމްއަށް ދޭން ފައިސާގެ ކަންތައްތައް ބެލުމަށް އެކުލަވާލި ކޮމެޓީއެއްކަމަށެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕްއިން ރާއްޖޭގެ ޓީމްތަކަށް ފުރުސަތު ގެއްލުނު މައްސަލަ ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާކަން ރަސްމީކޮށް މިއަދާހަމައަށްވެސް އެފްއޭއެމްއަށް އަންގާފައި ނުވާކަމަށެވެ. އަދި ފީފާ އަދި އޭއެފްސީގެ ގަވާއިދު ބުނާގޮތުން އޭއެފްސީ ކަޕް ނުވަތަ އިންޓަރނޭޝަނަލް މުބާރާތްތަކުގެ ކަންތަށްތަކަކީ ތިންވަނަ ފަރާތަކަށް ބެލޭނެކަންތަށްތަކެއް ނޫންކަމަށެވެ. ބައްސާމް ވިދާޅުވީ މިނިސްޓްރީން ކޮމެޓީމްއެއް އެކުލަވާލުމުން، އެފްއޭމްއިން އޭއެފްސީއަށް ސިޓީއެއް ލިޔުނީ މިކަމާއި ގުޅިގެން އަމަލް ކުރަންވީ ގޮތުގެ ލަފައަކަށް އެދިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އިންޓާރނޭޝަނަލް ފުޓްބޯލައިގެ ގަވާއިދުތަށް އޮންނަ ގޮތް މިނިސްޓަރ މަހުލޫފްއަށް އަދި އާވީމަ ނޭންގުނީކަންނޭގެ. އަޅުގަނޑު މިނިސްޓަރއަށް ދެންނެވިން މިގޮތަށް މިކަންތަށްތަކެއް ނުވާނެ ވާހަކަ. މިގޮތަށް ކޮމެޓީ ހަދައިގެން އޭއެފްސީ ކަޕްގެ ކަންތަށްތަށް ނުބެލޭނެ ވާހަކަ. ފީފާ އޭއެފްސީއަށް އަޅުގަނޑުމެން ޖެހޭނެ އެދެން އޭއެފްސީ ކަޕްއިން ޖާގަ ގެންލިގެން ޕޯޓަލް ބަލާކަމުގައި ވާނަމަ. އޭއެފްސީ ކަޕްއިން ޖާގަ މިގެއްލުނީ ކުލަބް ލައިސެންސްއެއްގެ މައްސަލައިން. މިކަމުގައި އޭއެފްސީން ސީދާ ކުލަބްތަކާއިއެކުވެސް މުއާމަލާތް ކުރަމުންދާނެ، އެފްއޭއެމްއާއިއެކުވެސް. އަދި މިހުރިހާކަމެއް ކުރަން ހުންނަ ޕޯޓަލްއަކީ ވަކި ހުއްދައެއް ލިބިގެން ބެލޭނެ ޕޯޓަލްއެއް. އެއީ އޭގެ ސިއްރުވެރިކަން ހިފެހެއްޓުމަށް ކޮށްފައިވާކަމެއް. ޔޫތް މިނިސްޓްރީން ބޭނުން ވިޔަސްއެކަމެއް ނުކުރެވޭނެ. ހާއްސަ އެގްރީމެންޓްއެއްގައި ސޮއިކޮށްފައި އެޕޯޓަލް އެފްއޭއެމްއާއި ކުލަބްތަކަށްވެސް އޭއެފްސީން ހަވާލްކޮށްފައިވަނީ. މިޕޯޓަލް ދެއްކޭނީވެސް އޭއެފްސީގެ ހުއްދައެއް ލިބިގެން" ބައްސާން ބުންޏެވެ.

ބައްސާމް ވިދާޅުވީ މިނިސްޓަރ މަހުލޫފް އޭއެފްސީގެ ރައީސް ސަލްމާންއާއި ބައްދަލުކުރައްވާފައިވާތީވެ އިންޓަރނޭޝަން މުބާރާތްތަކުގެ ކަންތަށްތަށް އޮންނަ ގޮތް އަދި އޭގެ ގަވާއިދުތަށްވެސް މިހާރު މިނިސްޓަރަށް ވަރަށް ބޮޑަށް އޮޅުންފިލާފައިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަދި ސަރުކާރުން އެފްއޭމްއަށް ދޭ ފައިސާގެ ކަންތަށްތަށް ބަލަންވީކަމަށާއި ކުލަބްތަކަށް ސަރުކާރުންދިން ފައިސާގެ ކަންތަށްތަށް ބެލުމަށް އެފްއޭއެމްއިން މަރުހާބާ ކިޔާކަމަށްވެސް ބައްސާމް ވިދާޅުވި އެވެ. ޔޫތް މިނިސްޓްރީން ބަލަން ބޭނުންވާކަމަށްވާނަމަ، އެފްއޭއެމްގެ އޮޑިޓް ތަށްވެސް ބަލަންވީކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެސްއޯއީގެ ދަށުން ކުލަބްތަކަށް ލިބުނު ފައިސާތަށްވެސް ބަލަންވީކަމަށް ބައްސާމް ވިދާޅުވިއެވެ.

"ސަރުކާރުން މިދޭ ފައިސާ ބެލޭނެ ތޯ ނުވަތަ ނުބެލޭނެ ތޯ. އެފައިސާގެ ކަންތަށްތަށް ބެލޭނެ. އަޅުގަނޑު މިނިސްޓަރ ކައިރީގައިވެސް ބުނިން ކުލަބްތަށް އެސްއޯއީގެ އެގްރީމެންޓްގެ ދަށުން ކުންފުނީގެ ބޯޑްއަށް ހާޒިރު ކުރެވޭނެކަމަށް. ފައިސާ ހަރަދުކޮށްފައިވާ ގޮތާ، ކަންތަށްތަށް ހިގާފައިވާ ގޮތްތަށް ބަލާ ކުލަބްތަށް ހަރުދަނާ ކުރުމަށް ކުންފުނިތަކަށް ސުވާލްވެސް ކުރެވިދާނެކަމަށް. މިހާރުވެސް އަޅުގަނޑު މިބުނަނީ ކުލަބްތަށް މާދަމާވެސް ހާޒިރު ކުރަންވީ، ސުވާލްވެސް ކުރަންވީ. އަދި އޭއެފްސީ ކަޕްގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ލައިސަންސްގެ ކަންތަށްތަށް ކުލަބްތަކުން ފުރިހަމަ ނުކުރީ ކީއްވެގެން ތޯވެސް ކުންފުނިތަކަށް ސުވާލް ކުރެވޭނެ. ޔޫތް މިނިސްޓްރީ މެދުވެރިވެގެންވެސް ސަރުކާރުންދިން ފައިސާގެ ކަންތަށްތަށްވެސް ބަލަންވީ. އަޅުގަނޑު ބުނިން މިނިސްޓަރ ކައިރީގައި ކުންފުނިތަކުން ހަރަދު ކުރާއިރު ކުލަބްތަކުން ކުންފުނިތަކުގެ ބޯޑްއަށް ޖަވާބު ދާރީވާން ޖެހޭނެކަމަށް." ބައްސާމް ބުންޏެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން އަބަދުވެސް މަސައްކަތް ކުރާނީ އެއިރެއްގައި އޮންނަ ސަރުކާރަކާއެކުގައިކަމަށާއި އަދި ޔޫތް މިނިސްޓްރީއަކީވެސް އަބަދުވެސް އެފްއޭއެމްއާއި ވަރަށް ގުޅުން ބަދަހި މިނިސްޓްރީއެއްކަމަށެވެ. އަދި މިހާރުގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއާއި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.