ޚަބަރު

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް އަލް ހަލްބައުސީ


އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް މުޙައްމަދު ޢަލް ހަލްބައުސީ ހަމަޖައްސަވައިފިއެވެ. މި މަހުގެ ތިން ވަނަ ދުވަހުއްސުރެ އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް ބޭފުޅެއް އައްޔަނުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު މިކަން މިހާތަނަށް ނުކުރެވިފައި އޮތީ ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބިފައިވަނީ ކޮން ޕާޓީއަކަށް ކަމާމެދު އުފެދޭ ސުވާލުތަކުގެ ސަބަބުންނެވެ.

2014 ވަނަ އަހަރުން 2017 ވަނަ އަހަރަށް އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ހަލްބައުސީ އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވަނީ ސަތޭކަ ފަސްދޮޅަސް ނުވަ މެމްބަރުންގެ ވޯޓާއެކުގައެވެ.

އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގައި ތިން ސަތޭކަ އޮނަތިރީސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
މިއާއެކު އުމުރުން 37 އަހަރުގެ ހަލްބައުސީ މި ވަނީ، އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ ރިޔާސތު ބަހަލައްޓަވާ އެންމެ ޙަޤު ބޭފުޅާގެ މަޤާމު ހޯއްދަވާފައެވެ.

މޭ މަހު އިރާޤުގައި ބޭއްވި ޢާއްމު އިންތިޚާބަށް ފަހު އެ ޤައުމުގެ ރައީސަކު އައްޔަނުކޮށް ސަރުކާރު އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހަށް ލިބޭނީ ނުވަ ދުވަހުގެ މުހުލަތެކެވެ.