ވިޔަފާރި

ފައިނުގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި





 


މާޅޮސްމަޑުލު އުތުބުރީގައި މިހާތަނަށް ލަފާފުރުމަށް އެކަށީގެންވާ ބަދަނރެއް ނެތް ހަމައެކަނި ރަށްކަމަށްވާ ފައިނުގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.


 
ރ. އަތޮޅު ކައުންސިލުގެ ރައީސް އަންވަރު ވިދާޅުވީ ފައިނު ބަދަރުގެ މަސައްކަތް މިމަހުގެ ތެރޭ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަންވަރު ވިދާޅުވިއެވެ.


 
ރ.އަތޮޅުގައި މީހުން ދިރިއުޅޭ ފަނަރަ ރަށް އޮންނައިރު މިހާތަނަށް ބަނދަރެއް ހެދިފައިނުވާ ފައިނުގައި ބަނދަރެއް ހެދުމަށް ދެހާސް އެގާރަވަނަ އަހަރު ކޮންނަން ފަށާފައިވެއެވެ.


 
ބަނދަރުން ބައެއް ކޮނުމަށްފަހު މަސައްކަތް ހުޓިފައިވާތާ ދުވަސްތަކަކަށްފަހު ދެހާސް ބާރަވަނަ އަހަރު ސަރުކާރުންވަނީ ފައިނުގެ ބަނދަރުގެ މަސައްކަތަށް ބަޖެޓް ކޮށްފައިނުވާކަން ހާމަކޮށްފައެވެ. އޭރު އެރަށް ގިރުމުގެ މައްސައްލަ ބޮޑުވެފައިވާތީ އެކި ފަހަރު މަތިން އެކަން އެރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކަށް އެރަށު ކައުންސިލުގެ އިތުރުން ރ.އަތޮޅު ކައުންސިލް މެދުވެރިކޮށްވެސް ހުށަހަޅާފައިވެއެވެ.


 
 


ފައިނަކީ ފަންސާސް ހެކްޓަރަށްވުރެ ބޮޑު ބިމެއް އޮތް އަދި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.