ޚަބަރު

ހދ. ކުޅުދުއްފުށިން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި.





 


ހދ. ކުޅުދުއްފުށިން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި.


މި ޚިދުމަތް ފެށުމަށްޓަކައި އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ  މުހައްމަދު ނާޒިމް ވިދާޅުވީ މިފަދަ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުހަނު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ކުޅުދުއްފުށިން ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ގިނަވެގެން ތިންދުވަސް ތެރޭ ޕާސްޕޯޓް ލިބޭނެކަމަށާއި ނަމަވެސް މަސައްކަތް ކުރައްވަނީ މާލެއެކޭ އެއްފަދައިން ދުވަހުން ދުވަހަށް ޕާސްޕޯޓް ނިންމާލެވޭ ފެންވަރަށް މިޚިދުމަތް ކުޅުދައްފުށީގައި ފުޅާ ކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.


 
ނާޒިމްގެ ވާހަކަފުޅުގައި، ސިޔާސީ ގޮތުން ޚިޔާލު ތަފާތު ނަމަވެސް އަތޮޅާއި ރަށަށް ލިބޭ މިފަދަ ކުރިއެރުންތަކުގައި


ހދ.އަތޮޅު ކައުންސިލުންނާއި ކުޅުދުއްފުށީ ކައުންސިލުން ސަރުކާރަށް ދެއްވަމުން ގެންދަވަނީ ވަރަށްވެސް ފުރިހަމަ އެއްބާރުލުމެއް ކަމަށް ވިދާޅުވިއެވެ.


 
 
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހދ. އަތޮޅު ކައުންސިލްގެ ރައީސް  އާދަމް ނާސިރު ވިދާޅުވީ ރައްޔިތުންނާއި ކައިރިން ދެވެން ފެށި މިޚިދުމަތް ފުރިހަމަ ކަމާއި އެކު ދެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.


 
 


ކުޅުދުއްފުށީގައި އިމިގްރޭޝަނުން ޤާއިމްކޮށްފައިވާ ސިޓިޒަން ސަރވިސަސް ކައުންޓަރުން އަންގާރަ ދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހަކު ޕާސްޕޯޓަށް އެދޭ ފޯމު ބަލައި ގަންނާނެ ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހަކު ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް ކުރިއަށް ދާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވައެވެ.