ރަމަޟާން ވެޓެރެންސް ކަޕް މިލްކްކުރަން ނިކުއިން ނިއުރޭޑިއަންޓަށް ސިފައިން އަތުން ސަލާމަތްނުވެވި ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.
ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށް ރޯދަމަހު ހަވީރު ގަޑީގައި ބާއްވަމުން އަންނަ މުބާރާތުގެ މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ދިވެހި ސިފައިން ކުލަބާ ވާދަކޮށް އެއްވަރުވީ 1- ލަނޑުންނެވެ. ފުރަތަމަ ލަނޑު ޖަހާ ނިއުއަށް ކުރި ހޯދައިދިނީ މިދިޔަ އަހަރު ރަންބޫޓް ހޯދި ނިއުގެ ކެޕްޓަން އަލީ ޝަމީމްއެވެ. ދިވެހި ސިފައިންގެ ކްލަބަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ފަޔާޒުއެވެ.
މިމުބާރާތަކީ ތިރީސް ފަސް އަހަރުން މަތީގެ ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތާ ގުޅޭ ގޮތުން މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވިސް ސޮކަރ މޭޓްސްގެ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ އަލީ ސުޒޭން ބުނީ ހުރިހާ ގޮތަކުން ވެސް މިއަހަރުގެ މުބާރާތް ތަފާތުވާނެ ކަމަށާއި، މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑަށް ޓީމްތަކުން ތައްޔާރުވިކަމަށެވެ. ޚާއްސަކޮށް ދުރާލާ ކުޅުންތެރިން ހޯދަން ޓީމްތަކުން މަސައްކަތް ކުރިކަން ސުޒޭން ފާހަގަކުރިއެވެ.
" މިއަހަރު މުބާރާތް ވަރަށް ތަފާތުވާނެ. އަޅުގަނޑުމެން އިންތިޒާމު ކުރުމުގައިވެސް ބަލާނީ މުބާރާތުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ރަނގަޅު ކުރެވޭތޯ." ސުޒޭން ބުންޏެވެ.
މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީއާއި ޓީސީ ފިޔަވައި އެހެން ޓީމްތަކުން ވަނީ ބައިވެރިވެފައެވެ. ދެން މުބާރާތުގައި ބައިވެރިވީ ދިވެހި ސިފައިން ކުލަބާއި ޕޮލިސް ކުލަބެވެ. މުބާރާތް ކުރިޔަށްދަނީ ދެ ގުރޫޕަކަށް ބަހާލައިލައިގެންނެވެ. މުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ދެން ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް ތިންވަނަ ހޯދާ ޓީމް ޕްލޭއޮފް ކުޅެގެން މޮޅުވާ ޓީމެކެވެ.
މިއަހަރުގެ މުބާރާތް ކުރިޔަށްދާނީ މިއަންނަ މަހުގެ ތެރޭވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ކުލަބް ވެލެންސިޔާ އާއި އީގަލްސްއެވެ.