ހެންވޭރު ކަނޑުފިނިގޭގަ ކުއްޔަށް ހިފާފައިވާ ކޮޓަރިއެއްގެ ތެރޭގައި ފައިސާއަށް ހަށިވިއްކަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ޕޮލިސް އިންޓަލިޖެންސްއާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓު ގުޅިގެން މިއަދު ހަވީރު 16:05 ހާއިރު ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގުލަދޭޝްގެ 35 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ފުލުހުން އެ ކޮޓަރިއަށް ވަދެ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖިންސީ ޢަމަލު ހިންގަން ތިއްބައެވެ. އަދި އެ ކޮޓަރި ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ.
ފައިސާއަށް ހަށިވިއްކަމުންދިޔަ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.