ވިޔަފާރި

ކުދި އަދި މެދުފަންތީގެ އޮޑިޓް ފަރމްތަކަށް އެއްދުވަހުގެ ސެމިނާއެއް ފަށައިފި





 


ކުދި އަދި މެދުފަންތީގެ އޮޑިޓް ފަރމްތަށް ހަރުދަނާ ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެއްދުވަހުގެ ސެމިނާއެއް ފަށައިފިއެވެ.


 
ސައުތް އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސްއާ އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ނަސަންދުރަ ޕެލަސްހޮޓަލްގައި ކުރިއަށްދާ މި ސެމިނަރގައި ކުދި އަދި މެދުފަންތީގެ އޮޑިޓް ފަރމް ތަކުގެ ހިންގުން ހަރުދަނާކޮށް ތަރައްޤީ ކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސް އާދަމް ނަސީރު ވިދާޅުވިއެވެ.


 
 


މި ސެމިނަރގައި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އޮޑިޓް ފަރމްތަކުންނާއި އަމިއްލަ ގޮތުން އޮޑިޓް ކުރުމުގެ މަސައްކަތް ކުރަމުންދާ އޮޑިޓަރުންނާއެކު ޖުމްލަ ސާޅީސް ފަސް ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ.