ޚަބަރު

ކ. ތުލުސްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި





 


ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން މިމަހުގެ ހަތްވަނަ ދުވަހުފެށި ކ. ތުލުސްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.


 
ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިމަހު ސައުވީސް ވަނަ ދުވަހު ނިންމާލުމަށްފަހު މިހާރު ކުރިއަށް ދަނީ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކަމަށާއިބިން ކިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރި ހޮޅިތައް ގެންދިއުމުގެ މަސައްކަތް ބޮސްކާލިސްއިން ފަށާފައިވާ ކަމަށެވެ.


 
ސަރުކާރުގެ ބަޖެޓުން ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި ތުލުސްދޫގެ ތިރީސްތިން ހެކްޓަރު ބިން ވަނީ ހިއްކާފައެވެ.


 
 


ތުލުސްދޫގައި ތޭރަސަތޭކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު އެރަށުގެ މިހާރުގެ ބޮޑުމިނަކީ ތިރީސްފަސް ހެކްޓަރ ކަމަށް އަނީސް ވިދާޅުވިއެވެ. އަދި އަލަށް އިތުރުކުރެވުނު ތިރީސްތިން ހެކްޓަރުގެ ސަބަބުން ރަށުގެ ބޮޑުމިން ފަސްދޮޅަސް އަށް ހެކްޓަރަށް ބޮޑުވެގެންދާނެ ކަމަށް ކައިންސިލުން ބުނެއެވެ.