ސާދަ ޕަސެންޓަށް ތެލުގެ ޚަރަދު ކުޑަކޮށްދޭ ސުޒުކީ އައުޓްބޯޑް އިންޖީނެއް އެމްޓީސީސީން ރޭ ރާއްޖޭގެ ބަޒާރަށް ތައާރަފްކޮށްފިއެވެ.
ސުޒުކީޑީ.އެފް ތިންސަތޭކަ އޭ.ޕީ އައުޓްބޯޑް އިންޖީނު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްދެއްވީ ކުރިން އެމްޓީސީސީގެ މޭނޭޖިން ޑިރެކްޓަރުކަންކުރެއްވި އިބްރާހިމް އާތިފް ޝަކޫރެވެ. އޭނާއަކީ ސުޒުކީ އިންޖީނު ފުރަތަމަ ތައާރަފްވެގެންދިޔައިރު އެކުންފުނީގެ އިސްމަގާމު ފުރުއްވި ބޭފުޅާއެވެ.
މި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީން ބުނީ ސުޒުކީ އައުޓްބޯޑް މި އިންޖީނަކީ ސުޒުކީ އެހެން އިންޖީނުތަކުގައިވާ ސިފަތަކުގެ އިތުރަށް ފަހުގެ ޓެކްނޮލޮޖީގެ އެހީ ބޭނުންކޮށްގެން އުފައްދާފައިވާ އިންޖީނެއް ކަމަށެވެ.