ޚަބަރު

ބަނގުރާފުޅިތަކެއް ބަރުކޮށްގެންދިޔަ ޕިކަޕެއް ހުއްޓުވައިފި


ގިނަ އަދެދެއްގެ ބަނގުރާފުޅިތަކެއް ބަރުކޮށްގެން ދިޔަ ޕިކަޕެއް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހުސްނުހީނާ މަގުން ފޮށިތަކެއް ބަރުކޮށްގެން ދިޔަ މި ޕިކަޕް ހުއްޓުވާ ފުލުހުން ވަނީ އެ ސަރަޙައްދުން ޒުވާނަކުވެސް ހައްޔަރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޕިކަޕުގައި ގިނަ އަދަދެއްގެ ފޮށިތަކެއް ބަހައްޓާފައި ހުރިތަން ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ.  އެހެންނަމަވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.