މާލެ އަތޮޅު ވެލައްސަރު ރިސޯޓު ކައިރިން ދޯންޏެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކޮށް އެދޯނި އެނބޫދޫ ވިލެޖަށް ގެންދަން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މެންދުރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. ދޯނިން ދަތުރުކުރީ ތިން މީހުންކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ކޯސްޓް ގާޑުން ބުނެއެވެ. މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢޫލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ލިބުނީ އެގާރަގަޑި ހައެއް ހާއިރުކަމަށާއި ބަންޑުން ޖަހާލި ދޯނީގެ ވެރިފަރާތުން ގެނައި އުޅަނދެއްގެ އެހީގައި ބަންޑުންޖަހާލި ދޯނި އެނބޫދޫވިލެޖަށް ގެންދިއުމުގެ މަސައްކަތްކުރާކަމަށް ކޯސްޓްގާޑުން ބުނެއެވެ.