ޚަބަރު

ސޯސަން ވިލާގައި ދިވެހިން ޢީދުނަމާދުކޮށްފި


ސްރީލަންކާގައި ހުންނަ ސޯސަން ވިލާގައި ދިވެހިން މިއަދު މިއަހަރުގެ ފިތުރު ޢީދު ނަމާދު ކޮށްފިއެވެ. ފިތުރު ޢީދު ނަމާދުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ބާރަސަތޭކައެއްހާ ދިވެހިން ޢީދުނަމާދުގައި ބައިވެރިވެފައިވެއެވެ. 

ސްރީލަންކާއަށް ފިތުރު އީދު ދުވަހަކީ މިއަދެވެ. ފިތުރު ޢީދު ދުވަހާ ގުޅުވައިގެން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޚާއްސަކޮށްގެން ތަފާތު ޙަރަކާތްތައް ކުރިއަށްގެންދިޔުމަށް އެ ސެންޓަރުންވަނީ ރާވާފައެވެ. އެގޮތުން ޢީދު ނަމާދަށްފަހު، އެމަރުކަޒުގެ މުވައްޒަފުންގެ ފަރާތުން ޢީދު ސައި ބާއްވާފައިވެއެވެ. 

img:http://s1.psmnews.mv/images/660x400/14984641890580.jpg|

img:http://s3.psmnews.mv/images/660x400/14984642107768.jpg|

img:http://s3.psmnews.mv/images/660x400/14984642285149.jpg|

ޢީދު ސަޔަށްފަހު އަންހެނުންގެ މެދުގައި ބަށި މުބާރާތެއް ބާއްވާފައިވެއެވެ. ބަށި މުބާރާތުން އެއްވަނަ އަށް ދިޔަ އަންހެން ޓީމާއި ފިރިހެން ޓީމުގެ މެދުގައިވެސް ބަށި މެޗެއް ބާއްވާފައިވާކަމަށް އެމްއީސީސީ މައުލޫމާތުދެއެވެ. 

img:http://s4.psmnews.mv/images/660x400/14984642441835.jpg|

މީގެ އިތުރުން މިއަދު ހަވީރު ފުޓްސަލް ވައި.ޑީ.ޕީގެ މެޗަކާއި، ބައްޕައިންނާއި ބައްޕައިންނަށް ނުވާ ފިރިހެނުންގެ މެދުގައި ފުޓްސަލް މެޗެއް ކުޅެން ހަމަޖެހިފައިވާކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ. މީގެއިތުރުން ޢީދުގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ  ލަންކާގައި ދިރިއުޅޭ ދިވެހި ކަނބަލުންގެ މެދުގައި ހޭންޑް ބޯޅަ މެޗެއް ކުޅުމަށްވަނީ ރާވާފައެވެ.