ދުނިޔެ

އެމެރިކާއާއި އީ.ޔޫ އާ ދެމެދު ކުރި މަޝްވަރާއިން ނަތީޖާއެއް ނުނެރެވުނު





 


އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ކުރި ދެދުވަހުގެ މަޝްވަރާ އެއްވެސް ނަތީޖާއަކާއި ހަމަޔަށް ނުދެވި ނިންމާލައިފިއެވެ.


 
ޚަބަރު ލިބިފައިވާ ގޮތުގައި އެއްބަސްވުމަކާ ހަމަޔަށް ނުދެވުނީ އެމެރިކާއާ އެކު ކުރާ ހަކަތައާއި ތެލުގެ މުއާމަލާތްތަކަށް ގޮތެއް ނުނިންމިގެންނެވެ.


 
އެމެރިކާއިން ބޭނުންވަނީ ވިލާތުގެ ޤައުމުތަކުން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުން ނުވަތަ މަދު ކުރުމަށެވެ.


 
އެހެންނަމަވެސް އެމެރިކާއިން މިވަރަށް ތެޔޮ އެޤައުމުތަކަށް އެކްސްޕޯޓް ކޮށްފިނަމަ އެމެރިކާގެ އެތެރޭގެ ބާޒާރުގައި ތެޔޮ އަގުބޮޑު ވެދާނޭކަމުގެ ބިރު އޮތުމުން އަދި އެމެރިކާއިން އެކަމަށް ގޮތެއް ނިންމާފައެއްނުވެއެވެ.


 



 
އެހެންކަމުން ދެދުވަހުގެ މަޝްވަރާ ނިންމާލީ ވިލާތަށް ތެޔޮ ހޯދާނޭ ގޮތަކާއި އަދި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ހިފަހައްޓާނޭ ގޮތަކާއި މެދު އިތުރަށް މަޝްވަރާ ކުރުމަށް ފަންނީ ބައްދަލުވުންތަކެއް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ނިންމުމަށް ފަހުއެވެ.