ޚަބަރު

އެސްޓީއޯގެ ތިޖޫރީއެއް ފަޅާލައި ފައިސާތަކެއް ވަގަށްނަގައިފި


އެސްޓީއޯގެ ތިޖޫރީއެއް ފަޅާލައި ގިނަޢަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، އެސްޓީއޯ ހޯމް އިމްޕްރޫމަންޓްގެ ތިޖޫރީއެއް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައެއް ބަލަމުންދާކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާ، ފުލުހުންގެ ޓީމެއް މިވަގުތު އެސަރަހައްދުގައި ޙަރަކާތްތެރިވަމުން ދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މައްސަލާގައި ވަގަށްނަގާފައިވަނީ ކިހާ ޢަދަދެއްގެ ފައިސާކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއްވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.