ކުޅިވަރު

ވޮލީ ގައުމީ ޓީމްގެ ފަރިތަކުރުންތަށް މިއަންނަ ހަފްތާގައި ފަށަނީ.


ގައުމީ ފިިރިހެން ވޮލީ ޓީމްގެ ފަރިތަކުރުންތަށް މިއަންނަ ހަފްތާގެ ތެރޭގައި ފެށޭވަރުވާނެކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ މިހާރު ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމް އެންމެ އިސްކަންދޭ މުބާރާތްކަމަށެވެ. ލަތީފް ވިދާޅުވީ ރާއްޖޭގެ ޓީމްގެ ކުޅުންތެރިންގެ އެކޮމޮޑޭޝަންގެ ކަންތަށްތަށް ބަލަމުންދާކަމަށް އަދި މިބަލަނީ މިއަންނަ ހަފްތާގެ ކުރިން ކުޅުންތެރިންގެ އެކޮމެޑޭޝަންގެ ކަންތަށްތަށް ހަމަޖެހިގެންދާނެކަމަށެވެ. ކުޅުންތެރިންގެ އެކޮމޮޑޭޝަންގެ ކަންތަށްތަށް ހަމަޖައްސަމުންދަނީ ޔޫތް މިނިސްޓްރީއާ ގުޅިގެންކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.

މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓަރަލް ޒޯން ކޮލިފިކޭޝަން މުބާރާތަކީ ރާއްޖެއަށް ވަރަށް ރަހުމަތްތެރި މުބާރާތެއްކަމަށާ ކޮންމެ ފަހަރަކުވެސް ރާއްޖެއިން މިމުބާރާތާ ކުރިމަތިލަނީ ރަން މެޑަލްއަށްކަމަށް ލަތީފް ވިދާޅުވިއެވެ. މިފަހަރުގެ މުބާރާތުގައި ރަން މެޑަލްއަށް ކުރެވޭ އުއްމީދު ކުރިއަށް ވުރެއް ބޮޑުވަނީ ކޮލިފިކޭޝަން މުބާރާތް ރާއްޖޭގައި ބޭއްވޭތީކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މުބާރާތުގެ ކުރިން ގައުމީ ޓީމް ކޭމްޕް ކުރުމަށް ވިސްނަމުންދާކަމަށާ ގައުމީ ޓީމްގެ ކޯޗާ ގުޅިގެން ކޭމްޕްގެ ކަންތަށްތަކާ މަޝްވަރާ ކުރަމުންދާކަމަށެވެ.

ވޯލްޑް މެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސެންޓަރަލް ޒޯންގެ ބައްދަލުވުމުގައެވެ.