ކުޅިވަރު

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގައި 49 ޓީމް


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބަށި މުބާރާތް، ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގައި 49 ޓީމް ބައިވެރިވެއްޖެއެވެ. ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މަޢުލުމާތުދެއްވި ގޮތުގައި މިފަހަރުގެ މުބާރާތުގައި 17 އަތޮޅުން، 49 ވަނީ ބައިވެރިވެފައެވެ.

ހއ، ށ، ޅ، މ، ދ އަދި ގދ މިއިން ކޮންމެ އަތޮޅަކުން ދެ ޓީމް މިމުބާރާތުގައި ވަނީ ބައިވެރިވެފައެވެ. ކ އަދި ގއ.އަތޮޅުން ތިން ޓީމް މުބާރާތުގައި ބައިވެރިވެފައިވާއިރު، ރ، އދ، ފ އަދި ލ.އަތޮޅުން ހަތަރު ޓީމް ބައިވެރިވެފައިވެއެވެ. ކ.އަތޮޅުން ފަސް ޓީމް މުބާރާތުގައި ވާދަކުރާނެއެވެ. އއ، ވ، ތ އަދި ޏ.އަތޮޅުން ބައިވެރިވެފައިވަނީ އެއް ޓީމެވެ. މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ނ.އަތޮޅުންނެވެ. ނ.އަތޮޅުގެ ހަ ރަށަކުން މުބާރާތުގައި ވާދަކުރާނެއެވެ. ފ.ބިލެއްދޫން ތިން ޓީމް ވަނީ ބައިވެރިވެފައެވެ. މީގެތެރެއިން އަތޮޅު މުބާރާތަށްދާނީ ތިން ޓީމްގެ މެދުގައި ކުޅެ ކުރި ހޯދާ ޓީމެކެވެ. ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މަޢުލުމާތުދެއްވި ގޮތުގައި މިމުބާރާތް ކުރިއަށްދާނީ އަތޮޅު މުބާރާތެއް ކުޅުމަށްފަހު، އަތޮޅު ތަކުގެ ޗެންޕިއަނުން ޒޯން މުބާރާތުގައި ވާދަކުރާ ގޮތަށެވެ. ޒޯން ތަކުގެ ޗެންޕިއަން ޓީމްތައް ވާދަކުރާބައި ކުރިއަށްގެންދާނީ މާލޭގައެވެ. މިއީ ބަށީގެ ތާރީޚުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ.



މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް:

ހއ.އަތޮޅު 2 ޓީމް:

ކެލާ އަދިި އުތީމް

ށ.އަތޮޅު 2 ޓީމް:

ގޮއިދޫ، ފޮނަދޫ

ނ.އަތޮޅުން 6 ޓީމް:

ލަންދޫ، މާޅެންދޫ، ޅޮހި، ހޮޅުދޫ، މާފަރު، މަނަދޫ

ރ.އަތޮޅުން 4 ޓީމް:

އިނގުރައިދޫ، ރަސްގަތީމް، ހުޅުދުއްފާރު އަދި މީދޫ

ޅ.އަތޮޅުން 2 ޓީމް:

ނައިފަރު އަދި ހިންނަވަރު

ކ.އަތޮޅު 3 ޓީމް:

ގުޅި، މާފުށި އަދި ކާށިދޫ

އއ.އަތޮޅުން ބައިވެރިވެފައިވަނީ ހިމަންދޫ

އދ.އަތޮޅުން 4 ޓީމް:

މާމިގިލި، ކުނބުރުދޫ، މަހިބަދޫ އަދި ފެންފުށި.

ވ.އަތޮޅުން ބައިވެރިވެފައިވަނީ ކެޔޮދޫ

މ.އަތޮޅުން 2 ޓީމް:

ނާލާފުށި އަދި ވޭވަށް

ފ.އަތޮޅުން 4 ޓީމް:

ބިލެއްދޫ، 3 ޓީމް އަދި ފީއަލި

ދ.އަތޮޅުން 2 ޓީމް:

ބަނޑިދޫ އަދި  ކުޑަހުވަދޫ

ތ.އަތޮޅުން ބައިވެރިވެފައިވަނީ ވޭމަންޑޫ

ލ.އަތޮޅުން 4 ޓީމް:

ގަން، ފޮނަދޫ، މުންޑޫ އަދި ތުނޑި

ގއ.އަތޮޅުން 3 ޓީމް:

ވިލިގިލި، ގެމަނަފުށި އަދި ނިލަންދޫ

ޏ.އަތޮޅުން ބައިވެރިވެރިވެފައިވަނީ 1 ޓީމް

މާލެ އަތޮޅު 5 ޓީމް:

ހުޅުމާލެއިން 3  ޓީމް އަދި މާލެއިން 2 ޓީމް