މިއަހަރުގެ ފުޓްބޯލަ ސީޒަންގައި ކުޅޭނެ ކުލަބެއް އަދި ނުނިންމާކަމަށް ޤައުމީ ކެޕްޓަން އަލީ އަޝްފާގް ބުނެފިއެވެ. އަލީ އަޝްފާގް މިކަން ހާމަކޮށްފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައެވެ.
ބައެއް މީޑިޔާތަކުން އަޝްފާގް ނިއުއަށް ސޮއިކޮށްފައިވާކަމަށް ހަބަރު ފަތުރާފައިވެއެވެ. ނަމަވެސް އަޝްފާގްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މިހާތަނަށް އެއްވެސް ކުލަބަކާއެކު އެއްބަސްވުމަކަށް އައިސްފައިނުވާކަމަށާއި، ނަމަވެސް ދެތިން ކުލަބަކާއެކު މަޝްވާރާތަށް ކުރިއަށްދާކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި މިއަހަރު ކުޅޭނެ ކުލަބެއް ނިންމާނެކަމަށް އަޝްފާގް ބުނެފައިވެއެވެ.
މިދިޔަ ސީޒަންގައި ރެކޯޑް ފީއަކަށް މާޒިޔާއިން ފެނިގެންދިޔަ އަޝްގާފްވަނީ މެލޭޝިޔާގެ ޕީޑީއާރްއެމް ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ނިމިގެންދިޔަ ސީޒަންގައި އުރީދޫ ދިވެހި ޕްރިމިއާރ ލީގް މާޒިޔާއަށް ހޯދައިދިނުމުގައިވެސް އަޝްފާގްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.