އެލައިޑް އިންޝިއުރެންސް ޤައުމީ ވޮލީ ބޯޅަ ލީގުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބް ހޯދައިފިއެވެ.
ދިވެހި ސިފައިންގެ ކުލަބް މިލީގްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ލީގްގެ ފަހު މެޗްގައި މޯލްޑިވިއަންއާ ވާދަކޮށް 3 ސެޓް 1 ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތަށް ދިވެހި ސިފައިންގެ ކުލަބް ގެންދިޔައީ 25-22، 21-25، 25-20 އަދި 25-18އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ އާދަމް ނަސީމްއެވެ.
img:http://s1.psmnews.mv/images/660x400/14795050802937.jpg|އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ ބޯޅަ ލީގް (ފޮޓޯ:ޕީއެސްއެމް-ވަހީދު)
މިލީގްގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ މޯލްޑިވިއަންގެ އިސްމާޢީލް ސާޖިދް، އަލީ އާމިރު، ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު އަބްދުލް ކަރީމް، އަހުމަދު އަނިލް، އީޝާން މުހައްމަދު އަދި އާދަމް ނަސީމްއެވެ. މިޓީމްގެ ލިބަރޯއަކީ ސްޓެލްކޯގެ ޖަވާމް އަލީއެވެ.
img:http://s4.psmnews.mv/images/660x400/14795051022049.jpg|އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ ބޯޅަ ލީގް (ފޮޓޯ:ޕީއެސްއެމް-ވަހީދު)
ލީގް އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު އަދީލެވެ. 21 އަހަރުން ދަށުގެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކުލަބް ސިޓީގެ ހަސަން ރަޒާންއެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓެލްކޯގެ ހަސަން ނިލާމެވެ.
img:http://s4.psmnews.mv/images/660x400/14795051452695.jpg|އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީ ބޯޅަ ލީގް (ފޮޓޯ:ޕީއެސްއެމް-ވަހީދު)
މިލީގްގައި ވާދަކޮށްފައިވާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބްގެ މުބާޝިރް ރަޒާއެވެ. މިލީގް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބްގެ އާދަމް ނަސީމެވެ. ލީގްގައި މިދެ ޓީމް ވާދަކުރި ފުރަތަމަ މެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބެވެ.