މިހާރު ކުރިޔަަށްދާ ބިލީޖީން ކިންގްކަޕްގައި ވާދަކުރަމުން އަންނަ ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓެނިސްޓީމު ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.
އޮކްޓޫބަރު 21-26 އަށް ޕާކިސްތާނުގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ވާދަކުރަނީ ބަހްރެއިން، ޕާކިސްތާން އަދި ބޫޓާނާއި އެއް ގުރޫޕެއްގައެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖެ ނިކުތީ ބޫޓާނާއި ދެކޮށެވެ. ރާއްޖެއިން ސީދާ ތިން ގޭމުން ބޫޓާންގެ މައްޗަށް ކުރި ހޯދިއިރު ފުރަތަމަ ސިންގަލްސް މެޗު ކިޔާރާ އުސާމާ އަލީ ފަސޭހަކަމާއެކު ކާމިޔާބުކުރީ 6-1 އަދި 6-1 ންނެވެ.
ދެވަނަ ސިންގަލްސް މެޗު އައިޝަތު ކަރިން ސައިޒާން ކާމިޔާބުކުރީ 6-0 އަދި 6-1 ންނެވެ. ޑަބަލްސް މެޗަށް ނިކުތް ކަރިންއާއި ކިޔާރާ މި މެޗު ކާމިޔާބުކުރީ 6-0 އަދި 6-1 ންނެވެ.
މުބާރާތުގެ ދެވަނަ ދުވަހު ރާއްޖެ ނިކުތީ ބަހްރެއިންއާއި ދެކޮށެވެ. ރާއްޖެން ބަހްރެއިންގެ މައްޗަށް ކުރި ހޯދީ 3-0 ންނެވެ.
ބަހްރެއިނާއި ދެކޮށް ނިކުތް ފުރަތަމަ ސިންގަލްސް މެޗު ކިޔާރާ ކާމިޔާބުބކުރީ 6-1 އަދި 6-0 ންނެވެ.
ދެވަނަ ސިންގަލދް މެޗު ކަރިން ކާމިޔާބުކުރީ 6-0 އަދި 6-1 ންނެވެ. ޑަބަލްސް މެޗުގައި ކިޔާރާ އާއި ކަރިންގެ ޕެއާއިން ބަހްރެއިންގެ މައްޗަށް ކުރި ހޯދީ 6-0 އަދި 6-1 ންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ކަރިން އާއި ކިޔާރާގެ އިތުރުން ނަބާ ނިޝާން އާއި ނަޔާރާ އުސާމާ އަލީއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ އަހުމަދު ސާއީ ވަހީދެވެ. އަދި ޓީމަށް އިރުޝާދުދެނީ ގައުމީ ކޯޗު އިރާނުގެ އަލީ ރިޒާ އެވެ.