ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އެދިއްޖެއެވެ.
އެންޑީއެމްއޭއިން މިކަމަށް އެދިފައިވަނީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނިކޮށެވެ.
ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިނަމަ، ގެދޮރާއި މުދާ ރައްކާތެރިކުރުމަށް ގޭގެ އޮޅިގަނޑު އުސްކުރުމަށާއި، ފެންބޮޑުވެ ގެއަށް ފެންވަނުމުގެ ކުރިން ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށާއި، އަގުބޮޑެތި މުދާ ފެން ނުޖެހޭނެހެން ރައްކާތެރި ހިސާބެއްގައި ބެހެއްޓުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި ކުއްލި ހާލަތެއް ދިމާވެގެން އެހީތެރިކަމެށް ބޭނުންވެއްޖެ ހާލަތެއްގައި ލަސްނުކޮށް 911 އަށް ގުޅުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.