ޚަބަރު

ދައުލަތުގެ ބާރުތަކުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މީހާ ހައްޔަރުކޮށްފި


  • ކޯޓު އަމަރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޒިހާން ހަސަން ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކުން ކަމަށެވެ.

ދައުލަތުގެ 3 ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށްފަހު، ވަހުން ވަނީ އެ ޕޯސްޓް ޑިލިޓްކޮށްފައެވެ.